Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 12:7 - ކިތާބުލް މުޤައްދަސާ

7 ބައްޕާފުޅު ކަލޭމެން ތަރުބިއްޔަތު ކުރެއްވުމުން އެކަމާ ކެތްތެރިވެ ތިބޭށެވެ. މިކަމުން ދައްކަނީ ކަލޭމެންނަކީ އެކަލާނގެ ދަރިންގެ ގޮތުގައި ގެންގުޅުއްވާ ބައެއް ކަމެވެ. ބަފައެއްގެ ކިބައިން އަދަބެއް ނުލިބޭ ދަރިޔަކު ހުރޭ ހެއްޔެވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 12:7
16 ပူးပေါင်းရင်းမြစ်များ  

އެދުވަހުން އޭނާގެ ބަފައަކަށް ވާ ހުށީ ތިމަން ރަސްކަލާނގެއޭ، އަދި އޭނާ ވާހުށީ ތިމަންކަލާނގެ ދަރިއަކަށޭ. އޭނާ ފާފައެއް ކޮށްފިއްޔާ އެހެން ވެސް މައިންބަފައިން ފަދައިން އޭނާއަށް ތިމަންކަލާނގެ އަދަބު ދެއްވާހުށީމޭ،


ދަރިންދެކެ ލޯބިވާމީހާ އެދަރިން ތަރުބިއްޔަތު ކުރެއެވެ. އެކުދިން އިލޮށިފަތި ދަށަށް ނުލާނީ ލޯބި ނުވާތީއެވެ.


ދަރިން ކުޑައިރު ތަރުބިއްޔަތު ކުރާށެވެ. ނޫނީ އެ ދަރިންނަށް އަދަބު ނުދޭނަމަ އެ ދަރިންގެ ދިރިއުޅުން ހަލާކު ކޮށްލެވިދާނެއެވެ.


ޒުވާންކުދިންގެ ހިތުގައި ވާނީ މޮޔަކަންތަކެވެ. އެކަމަކު އަދަބުދީ ތަރުބިއްޔަތު ކުރުމުން އެ މޮޔަކަން ފިލައިދެއެވެ.


ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.


ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


ތިމަން ކަލާނގެއަށްޓަކައި ޚާލިސްކޮށް އިސްރާއީލުގެ މީހުން ގެނައުމަށް އެންގުނު ޤުރުބާނީ ތަކެއްޗާއި މެދު ކަލޭމެން އިހާނާތްތެރި ވަނީ ކީއްވެ؟ ތިމަން ކަލާނގެއަށް ވުރެން ބޮޑަށް ކަލޭ ޤަދަރު ކުރަނީ ކަލޭގެ ދަރިންނަށް. ތިމަންކަލާނގެއަށް އިސްރާއީލީން ގެންނަ ވެދުންތަކުގެ އެންމެ ރަނގަޅުބައި ކައި ކައިގެން ކަލޭމެން ފަލަވަމުން ތިޔަ ދަނީ ކީއްވެތަ؟


މިކަމުގެ ހެއްކެއްގެ ގޮތުން ކަލޭގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް އެއްދުވަހަކުމެ މަރުވާނެ ގޮތް މެދުވެރި ކުރާނަން.


ތިމަންކަލާނގެ އޭނާގެ އާއިލާއަށް އަބަދުގެ އަބަދަށް ނިޔާކަނޑައަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިން. އެހެނީ ޢާލީގެ ދަރިން އެދަނީ ތިމަން ކަލާނގެއާ މެދު އިހާނާތްތެރި ވަމުން. އެކަން އޭނާއަށް ވެސް އެނގޭ. އެކަމަކު ޢާލީ އެކަން މާބޮޑު ކަމަކަށް ނުހެދި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ