Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 12:5 - ކިތާބުލް މުޤައްދަސާ

5 ފަތްފުށްތަކުގައި އެކަލާނގެ ދަރިންނާ މުޚާތަބު ކުރެއްވި ހިތްވަރުލިބޭ މިބަސްފުޅުތަކުގެ މަތިން ކަލޭމެން ހަނދާން ނެތުނީހެއްޔެވެ؟ ”⁠އަހަރެންގެ ދަރިފުޅާއެވެ. މާތްރަސްކަލާނގެ ކަލޭމެން އިސްލާހުކޮށް ތަރުބިއްޔަތު ކުރެއްވުމުން އެކަމާމެދު ލުއިގޮތަކަށް ނުބަލާށެވެ. އަދި އެކަމާ ހިތްވަރު އެލުވާ ވެސް ނުލާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 12:5
33 ပူးပေါင်းရင်းမြစ်များ  

ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ.


ހެވާއި ނުބައި ދަސްކޮށްގަނެ ބުއްދީގެ ބޭނުން ހިފާށެވެ. ތިމަން މިބުނި އެއްޗެއް ހަނދުމަ ނުނައްތާށެވެ.


އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވަނީ މަރުވުމަށް ފަހު އަލުން ދިރުއްވާފަ. ގަލީލީގައި އެކަލޭގެފާނު ކަލޭމެންނަށް ވިދާޅުވި ބަސްފުޅު ހަނދާނެއް ނެތް ތަ؟


އެވަގުތު މިބައިމީހުން އީސާގެފާނު ގަލީލީގައި ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވެއްޖެއެވެ.


އެހެންވީމާ ބުނަމެވެ. ހިތްވަރު ދެރަނުކޮށް ރަނގަޅަށް ކަންތައް ކުރަމުން ގެންދާށެވެ. އަހަރެމެން ދެގޮތެއް ނުވެތިބެ ކަންތައްކުރުމުން އެކަމުގެ ވަގުތު ޖެހުމުން އަހަރެމެންނަށް އެކަމުގެ ފައިދާ ފެންނާނެ އެވެ.


ހިމެނޭހު އާއި އިސްކަންދަރު މިކަމުގެ ދެ މިސާލަކަށް ފުދޭނެއެވެ. އެ ދެމީހުން ޝައިތާނާގެ މަގުން ދިއުމަށް އަހަރެން ދޫކޮށްލީ މާތްރަސްކަލާނގެއަށް ކުފުރު ވުމުން ރަނގަޅު ފިލާވަޅެއް ދޭހަކޮށް ދިނުމަށްޓަކައެވެ.


ބައްޕާފުޅު ކަލޭމެން ތަރުބިއްޔަތު ކުރެއްވުމުން އެކަމާ ކެތްތެރިވެ ތިބޭށެވެ. މިކަމުން ދައްކަނީ ކަލޭމެންނަކީ އެކަލާނގެ ދަރިންގެ ގޮތުގައި ގެންގުޅުއްވާ ބައެއް ކަމެވެ. ބަފައެއްގެ ކިބައިން އަދަބެއް ނުލިބޭ ދަރިޔަކު ހުރޭ ހެއްޔެވެ؟


އަޚުންނޭވެ! އަހަރެން މި ކުރު ސިޓީ މިލިޔަނީ ކަލޭމެންނަށް ހިތްވަރު ދިނުމަށެވެ. އަހަރެން މި ބުނި ވާހަކަތަކަށް ކަލޭމެން ފަރުވާތެރިވުން ވަރަށް އެދެމެވެ.


އުފާވެރި ކަމުގައިވާ މީހުންނަކީ ކުރިމަތިވާ މުސީބާތްތަކަށް ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. މިފަދަ ފަރާތްތަކަށް ޙަޔާތުގެ ތާޖު ލިބިދެއެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ދެކެ ލޮބުވެތިކަމުގައިވާ ހުރިހާ އެންމެންނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި އިނާމު ވެސްމެއެވެ.


އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ