ޢިބްރާނީންނަށް ސިޓީ 12:27 - ކިތާބުލް މުޤައްދަސާ27 ”އަނެއްކާވެސް“ މިބަސްފުޅު ވަޙީކުރެއްވި ކުރެއްވުމުން ދޭހަވަނީ އެކަލާނގެ އުފައްދަވާފައިވާ މިތަކެތި ބުރުއްސަވައި ލައްވާނެ ކަމެވެ. މިފަދައިން ބުރުއްސާލުމުން ނުނެއްޓޭ ތަކެއްޗަކީ ނެތި ނުގޮސް އަބަދުވެސް ދެމިހުންނާނެ ތަކެއްޗެވެ. အခန်းကိုကြည့်ပါ။ |
އުއްތަމަ އިމާމެއްގެ ގޮތުގައި އީސާގެފާނު އެކަންތަކަކާގެން ވަޑައިގެންނެވި ހެޔޮ ކަންތައް މިހާރުވެސް މިތާގައި އެބަވެއެވެ. އެކަލޭގެފާނު ވެދެވަޑައިގެންނެވި އަޅުކަމުގެ މަޤާމުފުޅަކީ އިންސާނުން އަމިއްލައަށް ބިންމަތީގައި ތައްޔާރު ކޮށްފައި ހުރި ކަހަލަ ފޭލިގެ ކޮޅެއް ނޫނެވެ. އެއަކީ މި ދުނިޔެމަތީގެ ތަނެއް ވެސް ނޫނެވެ. އެއީ މާފުރިހަމަ އަދި މާ މަތިވެރި ފޭލިގެކޮޅެކެވެ.
އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!“
އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.“