21 މި މަންޒަރުގެ ބިރުވެރިކަމުން މޫސާގެފާނު ބިރުފުޅުން ތުރުތުރުއެޅުއްވި ކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ.
ތާޅަފިލީގެ އަޑު ގަދަވަމުން ދިޔައެވެ. މޫސާގެފާނު ބަސްފުޅު ދެންނެވުމުން މާތްކަލާނގެ ވަޙީގެ ބަސްފުޅު އަންނަނީ ހޮނުގުގުރިއެއް ފަދައިންނެވެ.
އެފަދަ އަމަލުތައް ކުރާ މީހުންނަށް އޮތީ އަންނަންއޮތް އަދާލަތާމެދު ބިރުވެތިވެ މާތްރަސްކަލާނގެއާ ދެކޮޅުވެގަތް މީހުން ނައްތަވާލެވޭނެ ގަދަފަދަ އަލިފާނަށް އިންތިޒާރުކޮށްކޮށް ތިބުމެވެ.
އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.