ޢިބްރާނީންނަށް ސިޓީ 12:11 - ކިތާބުލް މުޤައްދަސާ11 އިސްލާހު ކުރެވުމަކީ މަޖާކަމެއް ނޫނެވެ. އެކަންތައް ދިމާވުމުން އެއީ ވޭންހުރިވެސް ކަމެކެވެ. އެކަމަކު އެފަދަ އަދަބަކާ ކުރިމަތިވެ ތަރުބިއްޔަތު ލިބޭ މީހުންނަށް ޞާލިޙު ދިރިއުޅުމެއްގެ އުފާ ފާގަތިކަން ލިބިގެން ދެއެވެ. အခန်းကိုကြည့်ပါ။ |
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
އެހެނީ އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެން އިސްލާހު ކުރަނީ މަދު ދުވަސްކޮޅަކަށެވެ. އަދި އެކަންތައް އެމީހުން ކުރަނީ އެމީހުންނަށް އެނގޭ އެންމެ ރަނގަޅަށެވެ. އެކަމަކު މާތްރަސްކަލާނގެ އަބަދުވެސް އަހަރެމެން އިސްލާހު ކުރައްވައެވެ. އެއީ އެކަލާނގެ ޤުދުސްވަންތަކަމުގައި އަހަރެމެން ޙިއްސާ ކުރެއްވުމަށްޓަކައެވެ.
އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.