Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 12:10 - ކިތާބުލް މުޤައްދަސާ

10 އެހެނީ އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެން އިސްލާހު ކުރަނީ މަދު ދުވަސްކޮޅަކަށެވެ. އަދި އެކަންތައް އެމީހުން ކުރަނީ އެމީހުންނަށް އެނގޭ އެންމެ ރަނގަޅަށެވެ. އެކަމަކު މާތްރަސްކަލާނގެ އަބަދުވެސް އަހަރެމެން އިސްލާހު ކުރައްވައެވެ. އެއީ އެކަލާނގެ ޤުދުސްވަންތަކަމުގައި އަހަރެމެން ޙިއްސާ ކުރެއްވުމަށްޓަކައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 12:10
17 ပူးပေါင်းရင်းမြစ်များ  

އޭރުން ތިޔަބައިމީހުންނީ އާ ބައެއްގެ ގޮތުގައި ލައްވަވައެވެ. އެ އާ އިންސާނާ ވެގެން ވަނީ މާތްރަސްކަލާނގެ އާއި އެއްފަދައިންނެވެ. އެހެންވީމާ، އެކަލާނގެ ފަދައިން ތިޔަބައިމީހުންގެ އަމަލުތަކުގައި ސާލިޙުވަންތަކަމާއި އަދި މާތްކަން ހުންނާންވާނެއެވެ.


އެހެނަސް ތިޔަބައިމީހުން މިހާރު ތިޔަވަނީ އެކަލާނގެއާ އަލުން ގުޅުވިފައެވެ. އެއީ އަލްމަސީޙުގެ ހަށިކޮޅު މަރުވެ ދިޔަ ދިއުން މެދުވެރިވެއެވެ. އެކަމުގެ ނަތީޖާއަކަށް ވީ ތިޔަބައިމީހުން އެކަލާނގެ ކުރިފުޅުމައްޗަށް ހާޒިރު ކުރަން އެކަށީގެންވާނެ ގޮތް މެދުވެރިވުމެވެ. އެއީ ތިޔަބައިމީހުންނަކީ މިހާރު ހުރިހާ ތުހުމަތްތަކަކުން އެއްކިބާކުރައްވާފައިވާ ކުށެއް ނެތް މާތް ބައެއްގެ ގޮތުގައި ވެފައިވާ ބަޔަކަށް ވާތީއެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.


އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.


އެމީހުން މިރަށުގައި އުޅެމުން ގެންދިޔަ ދުވަސްވަރު ނުޢުމީގެ ފިރިމީހާ އަލީމާލިކު ނިޔާވެ އޭނާއާއި ދެފިރިހެން ދަރިން އެކަނިވެރި ވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ