Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 11:7 - ކިތާބުލް މުޤައްދަސާ

7 ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 11:7
41 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


ދެން މާތްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ދުނިޔޭގައިވާ ހުރިހާ އެންމެން ނެތިކޮށްލައްވާނަން. އެއީ ދުނިޔެ އަނިޔާވެރިކަމުން ފުރިފައި ވަނީ އެމީހުންގެ ސަބަބުން. ހަމަކަށަވަރުން ވެސް ވަރަށް އަވަހަށް ތިމަންކަލާނގެ އެމީހުންނާއި ދުނިޔެވެސް ނެތިކޮށް ލައްވާނަން.


ނޫޙުގެފާނު މާތްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ހުރިހާ ކަމެއް ވެސް ކުރެއްވިއެވެ.


މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.


މާތްރަސްކަލާނގެ ދުނިޔޭގައި ވީ ހުރިހާ އެއްޗެއް ދުނިޔޭގެ ބިމުން ނެތިކޮށް ފޮހެލެއްވިއެވެ. ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާއާއި އެމީހުންނާއި އެކު ނައުކޮޅުގައި ވީތަކެތި ފިޔަވާ ހުރިހާ އެއްޗެއް ނެތިވެ ދިޔައީއެވެ.


ދެން ނޫޙުގެފާނު މާތްރަސްކަލާނގެ އެންގެވި ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރެއްވިއެވެ.


”⁠ތިބާއާއި، ތިބާގެ އަނބިމީހާއާއި ފިރިހެން ދަރިންނާއި އެދަރިންގެ އަނބިން ގޮވައިގެން ނަވުން ފައިބާ.


ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.


ހެޔޮ ވިސްނޭ މީހާއަށް މުސީބާތެއް އެބަ އަންނަކަން ވިސްނި ދުރާލާ ތައްޔާރު ވެއެވެ. ނުވިސްނާ މީހާ ގޮސް އެމުސީބާތުގެ ތެރެއަށް ބޯމަހާލާނެ އެވެ.


ނަމަވެސް މި ބޭކަލުން ނިދީގައި ވަނިކޮށް ހުވަފެނެއްގައި ހެރޮދުގެ ކައިރިއަށް އެނބުރި ނުދިއުމަށް މާތްރަސްކަލާނގެ އެބޭކަލުންނަށް އިންޒާރު ދެއްވިއެވެ. ވީމާ ތަފާތު މަގަކުން ލާފައި އެބޭކަލުންގެ ރަށަށް އެބޭކަލުން އެނބުރި ދިޔައެވެ.


”⁠ވަގުތުޖެހުމުން ނަބީބޭކަލެއް ކަމުގައިވާ ދާނިޔާލް ވިދާޅުވެ ދެއްވާފައިވާ ފަދައިން ފަނާކުރުވަނިވި ނަޖިސް މުޑުދާރު އެތި މުޤައްދަސް މަޤާމުފުޅު ތެރޭގައި ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!)


ނަމަވެސް އެ ވަގުތުގެ ކުރީން އަހަރެން ތިޔަބައިމީހުންނަށް އިންޒާރު މިދެނީ އެހެންވެ.


ނޫޙުގެފާނު ނައުކޮޅަށް އަރާ ވަޑައިގަންނަވާންދެން މީސްތަކުން ކައިބޮއި، މީހުންނާއި އިނދެ އަދި އެބައިމީހުންގެ ދަރިން ކައިވެނިކުރުވާ ހެދި.


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


ނޫޙުގެފާނުގެ ދުވަސްވަރު ކަންތައްތައް ވީ ފަދައިން އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަންނަވާ ދުވަހު ވެސް ކަންތައްތަކެއް ފެންނާނެ.


އެހެނަސް މާތްރޫޙުފުޅު، އަހަރެމެންނަށް އަންގަވާދެއްވައި ޔަޤީންކޮށްދެއްވަނީ، އަހަރެމެން އީސާގެފާނަށް އީމާންވުމުގެ ސަބަބުން، މާތްރަސްކަލާނގެ އަހަރެމެންނަށް ރުއްސެވުން ދެއްވާނެ ކަމެވެ.


އެކަލޭގެފާނުގެ ކިބަފުޅުގައި ވުމަށްޓަކައެވެ. އަހަރެންގެ އަމަލުތަކުގެ ރަނގަޅުކަމާމެދު މިންކުރުމަށް އެ ޤާނޫނުތަކަށް ތަބާވާން ޖެހޭނެ ކަމަކަށް ނުދެކެމެވެ. އަހަރެން ޞާލިޙުވަންތަ ވެފައި ވަނީ އަލްމަސީޙާ މެދު އޮންނަ އީމާންތެރިކަމަކުންނެވެ. މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން ރަނގަޅު ބަޔަކަށް ހައްދަވާ މަގު ވަނީ އެއީމާން ތެރިކަމުގެ ތެރޭންނެވެ.


އަހަރެމެން އުންމީދު ކުރާކަންތައް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން ލިއްބައި ދެނީ އީމާންތެރިކަމުންނެވެ. އަދި އަހަރެމެންގެ ލޮލަށް ނުފެންނަ ކަންތައް ކަށަވަރު ކޮށްދެނީ ވެސް އެ އީމާންތެރިކަމުންނެވެ.


ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”⁠ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.⁠“


މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.


އަދި ނޫޙުގެފާނުގެ ދުވަސްވަރު މާތްރަސްކަލާނގެއަށް އުރެދުނު ފަރާތްތައް ވެސް ބަރިއްޔަ ނުކުރައްވާ މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވާ އެބައިމީހުން ނެތި ކުރެއްވިއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ބަސްފުޅު މީސްތަކުންނަށް އަންގައި ދެއްވުމުން ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ހަތް މެމްބަރުންނާއިއެކު، އަށް ބޭކަލުން އެކަލާނގެ ސަލާމަތް ކުރެއްވިއެވެ.


އެއަށް ފަހު މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް މެދުވެރި ކުރައްވާ ނެތި ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ