Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 11:5 - ކިތާބުލް މުޤައްދަސާ

5 އިދުރީސްގެފާނު އަވަހާރަވެ ނުދިޔައީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ހަށިގަނޑު ފަހަކުން ނުފެނުނެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގެން އެކަލޭގެފާނު އުޑަށް އުފުއްލެވީއެވެ. އެކަލޭގެފާނު އުފުއްލެވުމުގެ ކުރީގައި މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގަންނަވާކަން ވަނީ އަންގަވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 11:5
17 ပူးပေါင်းရင်းမြစ်များ  

މާތްރޫޙުފުޅު އޭނާއަށް ހާމަކޮށްދެއްވީ މާތްރަސްކަލާނގެ ފޮނުއްވާނެ ޚާއްސަ ބޭކަލުން ކަމުގައި ވީ އަލްމަސީޙު ނުދެކި އޭނާ މަރުނުވާނޭ ކަމުގައެވެ.


ސަބަބަކީ މާތްރަސްކަލާނގެ އަހަރެމެންނާއިމެދު ރުހިވޮޑިގަންނަވައި ހެޔޮޚަބަރުފުޅު އަހަރެމެންނާއި ޙަވާލު ކުރެއްވިއެވެ. އެހެންވީމާ، އަހަރެމެން މުޚާތަބު ކުރަނީ މީހުންގެ ރުހުން ލިބުމަކަށް އެދިގެން ނޫނެވެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދައިންނެވެ. އަދި އަހަރެމެންގެ ހިތްތަކުގެ މަގުސަދު ފައިސަލާ ކުރައްވާނެ ފަރާތަކީ މާތްރަސްކަލާނގެއެވެ.


އީމާންތެރިކަމާ ނުލައި މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް އެކަކަށް ވެސް ހާސިލެއް ނުވާނެއެވެ. އެހެނީ އެކަލާނގެ ވީތަނެއް ހޯދާ މީހަކުނަމަ އެކަލާނގެ ވޮޑިގެންވާކަމާ މެދު އީމާންވާން ޖެހެއެވެ. އަދި ހިތުގެ އަޑިން އެކަލާނގެ ހޯދާބަޔަކަށް އެކަމުގެ ޘަވާބު އެކަލާނގެ ދެއްވާނެކަމާ މެދު ވެސް އީމާންވާން ޖެހެއެވެ.


އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.


އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ.


އާދަމްގެފާނުގެ ފަހުން އައި ހަތްވަނަ ދަރިކޮޅުން ވަޑައިގެންނެވި އިދުރީސްގެފާނު އެމީހުންނާމެދު ވިދާޅުވި ޣައިބުގެ ބަސްފުޅުތައް ދެކެބަލާށެވެ. ”⁠މާތްސާހިބާ ވަޑައިގަންނަވާނީ އަދަދު ނުކުރެވޭހާ ގިނަ ހާސް މަލާއިކަތުންނާއި އެކުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ