ޢިބްރާނީންނަށް ސިޓީ 11:4 - ކިތާބުލް މުޤައްދަސާ4 ހާބީލްއަށް ޤާޔިނަށް ވުރެން ރަނގަޅު ޤުރުބާނީއެއް ވެދުން ކުރެވުނީ އޭނާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު އޮތް އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރި މި ވެދުންތަކުގެ ސަބަބުން އޭނާއަކީ ޞާލިޙު މީހެއްކަމުގައި މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ހާބީލް މިހާރު މަރުވެ ގޮސްފައިވީ ނަމަވެސް އޭނާގެ އީމާންތެރިކަން އޭނާގެ މަތިން އަދިވެސް ވާހަކަ ދައްކައެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އޭނާއަށް ވަޙީކުރެއްވިއެވެ. ”އެއްގޮތަކަށް ވެސް ތިޔަހެނެއް ނުވާނެ. އެއްވެސް މީހަކު ޤާޔީން މަރާލައިފިނަމަ އެމީހެއްގެ ކިބައިން އެކަމުގެ ބަދަލު ހަތް ގުނައަށް ހިފޭނެ.“ އަދި ޤާޔީން ފެންނަ އެއްވެސް މީހަކު އޭނާ މަރާނުލާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން މާތްރަސްކަލާނގެ އޭނާގެ ގައިގައި ފާހަގައެއް ޖެއްސެވިއެވެ.
އާދަމްގެފާނު ޙައްވާގެފާނާއި އެކު ރޭކުރެއްވުމަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވައި އެހެން ފިރިހެން ދަރިކަލަކައިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޙައްވާގެފާނު ޝީޘްއޭ ވިދާޅުވެ ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”ޤާޔީން ހާބީލް މަރާލި. އެކަމަކު މިހާރު ހާބީލްގެ ބަދަލުގައި މާތްކަލާނގެ އަނެއްކާވެސް އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“
ވީމާ އެގަތުލުކުރެވި ދިޔަ ހާ ސާލިޙު ރަނގަޅު މީސްތަކުންގެ ގަތުލުގެ ޒިންމާ ކަލޭމެން އުފުލަންޖެހޭނެ. އެއީ ހާބީލް ގަތުލު ކުރެވުމުން ފެށިގެން ބަރަކިޔާހުގެ ދަރި ޒަކަރިއްޔާ ގަތުލު ކުރެވުމާއި ހަމައަށް. ޒަކަރިއްޔާ އަވަހާރަ ކޮށްލެވުނީ ބައިތުލް މަޤްދިސް އާއި ޤުރުބާން ހުށަހަޅާ އައްޓާއި ދެމެދުގައި ހުންނެވި ހިނދު.
އެއީ ހާބީލްގެ މަރުގެ ދިޔައިން ފެށިގެން ނަބީ ޒަކަރިއްޔާގެފާނުގެ މަރުގެ ދިޔަ އާއި ޖެހެންދެން. ނަބީ ޒަކަރިއްޔާގެފާނު އަވަހާރަކޮށްލެވުނީ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެވޭ ތަކެތި ޤުރުބާން ކުރާ ގަލާއި އެ ގަލުގެ ސަރަހައްދާއި ދެމެދުގަ. އަހަރެން މިބުނަނީ ހަމަތެދެއް. މި ޒަމާން މިހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ.
މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.
އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!
އާނއެކެވެ. އެކަލޭގެފާނީ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފަރާތުން ދުވަހުން ދުވަހަށް ފެނިވަޑައިގެންނެވި ވަޙުޝީ އަމަލުތަކަށާއި އިވިވަޑައިގެންނެވި ފާފަވެރި އަޑުތަކަށް ހިތާމަ ކުރައްވާ އަދި ކަންބޮޑުވެ ވަޑައިގެން ހުންނެވި ހެޔޮލަފާ ސާލިޙު އިންސާނެކެވެ. އަދި މާތްރަސްކަލާނގެ އެކަލޭގެފާނު ސަލާމަތް ކޮށްދެއްވިއެވެ.
ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.