ޢިބްރާނީންނަށް ސިޓީ 11:39 - ކިތާބުލް މުޤައްދަސާ39 މިއެންމެންނަށް ވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ އެމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަމަކު އެމީހުން މަރުވެ ދިޔައީ މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ތަކެތި ނުލިބިއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.
އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.