ޢިބްރާނީންނަށް ސިޓީ 11:36 - ކިތާބުލް މުޤައްދަސާ36 އަނެއް ބަޔަކަށް މަލާމާތް ރައްދު ކުރެވި ހަންމުށިތަކުން ތެޅެވި އަނެއް ބަޔަކު ޗޭނުޖެހި ހުރަގެތަކަށް ގެންދެވުނެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރެވާނެ. އަދި އެބައިމީހުން އޭނާއަށް މަލާމާތާއި ފުރައްސާރަކޮށް ހަދާނެ. އަދި އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތެޅުމަށް ފަހު ސަލީބަށް އަރުވާނެ. އެކަމަކު އޭނާ އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިގެން ތެދުވާނެ.“
އެހެންވެ އަހަރެން ކަލޭމެންގެ ކައިރިއަށް ނަބީބޭކަލުންނާއި، ޙިކުމަތްތެރިންނާއި އަދި ދީނުގެ ދަންނަބޭކަލުން ފޮނުއްވާނަން. އޭގެތެރެއިން ބައެއް ބޭކަލުން ކަލޭމެން ގަތުލުކޮށް އަދި ސަލީބަށް އަރުވާނެ. އަދި އަނެއްބައި ބޭކަލުންގެ ގައިގާ ކަލޭމެންގެ ދީނީ މަރުކަޒުތަކުގައި ހަންމުށިން ތަޅާނެ. އަދި އެމީހުން އެއްސަހަރުން އަނެއް ސަހަރަށް ފައްސާނެ.
ގަމަލީލުގެ މި ބަސްތަކަށް ބަނީއިސްރާއީލުގެ ވެރިން އެއްބަސްވިއެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އަނބުރާ އެތަނަށް ގެނެސް އެމީހުންގައިގައި ތެޅުމަށް ނިޔާކަނޑައެޅިއެވެ. އަދި ހަމަ އެވަގުތު ބައިތުލް މަޤްދިސްގެ ސިފައިން އެމީހުންގައިގައި ހަންމުށިއެޅިއެވެ. އެއަށް ފަހު ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަމުގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް އިންޒާރުކޮށްފައި އީސާގެފާނުގެ މަންދޫބުން ފޮނުވާލިއެވެ.
ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.