ޢިބްރާނީންނަށް ސިޓީ 11:35 - ކިތާބުލް މުޤައްދަސާ35 ބައެއް އަންހެނުން ގާތަށް އެމީހުންގެ މަރުވެގޮސްފައިވާ ތިމާގެ މީހުން ދިރިގެން އެނބުރި އައެވެ. އެތައްބަޔަކަށް ޖަލުތަކުގައި އަނިޔާ ދެވުނެވެ. އެކަމަކު އެމީހުން މިނިވަންވާން އިންކާރު ކުރިއެވެ. އެމީހުން ޚިޔާރު ކުރީ އަލުން ދިރިގެން ލިބޭނެ މާރަނގަޅު ޙަޔާތެކެވެ. အခန်းကိုကြည့်ပါ။ |
ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.“