Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 11:34 - ކިތާބުލް މުޤައްދަސާ

34 އެމީހުން ގަދަފަދަ އަލިފާންގަނޑުތައް ނިއްވައި، ދުޝްމިނުންގެ ކަނޑިތަކުން ވެސް ސަލާމަތްވިއެވެ. އެމީހުންނީ ކިތަންމެ ބަލިކަށި ބައެއް ކަމުގައިވި ނަމަވެސް ބޭރުން އަރައިގެން އައި އަދާވާތްތެރިން ފައްސާލާނެ ގަދަފަދަބާރު އެމީހުންނަށް މާތްރަސްކަލާނގެ ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 11:34
36 ပူးပေါင်းရင်းမြစ်များ  

ދެވަނަ ދަރިފުޅު އަލީއާޒަރުއަށް އެކަލޭގެފާނު އެނަން ދެއްވަމުން ވިދާޅުވީ ”⁠އަހަރެންނަށް ނަސްރު ދެއްވަނީ އަހަރެންގެ ކާބަފައިންގެ އިލާހު؛ އެކަލާނގެ ވަނީ ފިރުޢައުނުގެ ކަނޑިދަށުން އަހަރެން މިންޖު ކުރައްވާފައި.⁠“


އެބައިމީހުން ކަނޑިތަކުން ގަތުލުކުރެވި އަދި ހައްޔަރު ކުރެވި އެކިއެކި ޤައުމުތަކަށް ގެންދެވޭނެ. އަދި ޖެރޫސަލަމް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ އަތްދަށުވާނެ. މި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ވަގުތު ހަމަވަން ދެން ޖެރޫސަލަމް އެމީހުންގެ އަތްދަށުގައި ވާނެ.


މަގޭ އިޚުލާސްތެރި އެކުވެރިންނޭވެ. ތިޔަބައިމީހުން އިމްތިޙާނު ކުރުމަށްޓަކައި ދިމާވެދާނެ ދިލަގަދަ ވޭންތަކާ މެދު ޙައިރާން ނުވާށެވެ. އަދި އެފަދަ ކަންތައްތަކަކީ ތިޔަބައިމީހުންނާއި ބީރައްޓެހި ކަންތައްތަކެއް ކަމުގައި ވެސް ނުދެކޭށެވެ.


މިކަންތަކުގެ ތެރޭގައި އެ ލޮންސި ދެ ފަހަރަކު ދާއޫދާ ދިމާއަށް އެއްލާ ލެއްވި އެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ލޮންސިން ދާއޫދު ގައިގައި ޖަހައި ފާރުގައި ހިއްޕާލާށެވެ. އެކަމަކު ދެފަހަރު ވެސް ދާއޫދު ރެކިގެންފި އެވެ.


ޝާއުލްގެފާނު އުޅުއްވީ ލޮންސިން ޖަހައި ދާއޫދު ފާރަށް އަމުނާލާށެވެ. އެކަމަކު ދާއޫދު ރެކިގަތުމުން ލޮންސި ގޮސް ފާރަށް ހެރިއްޖެއެވެ. ދާއޫދު އެރޭ ވެސް ސަލާމަތް ވެގަނެގެން ދުވެ ރައްކާވެއްޖެ އެވެ.


ދާއޫދު ރާމަތުގެ ނައިވަތުން ފިލައިގެންގޮސް ޔޫނަތައިންއާ ބައްދަލު ކޮށްފައި އަހައިފިއެވެ. ”⁠ކަލޭގެ ބައްޕަ އަހަރެން މަރާލަން އެ އުޅުއްވަނީ އަހަރެން އެކަލޭގެފާނަށް ކުރި ކޮން ދުއްތުރާލަކާ ހެދި ތަ؟ އަހަރެން ކުރީ ކީއްތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ