Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 11:32 - ކިތާބުލް މުޤައްދަސާ

32 މިހެންގޮސް ދައްކާފަ ނުދައްކަންވީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ ޖަދްއޫނާއި ބާރާގުއާއި ޝަމްޝޫންއާއި ޔަފްތާހު އާއި ދާއޫދުގެފާނާއި ޞަމޫއީލްއާއި އަދި އެހެނިހެން ނަބީބޭކަލުންގެ ވާހަކަ ވެސް ދައްކާ ކޮޅަކުން ނުލާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 11:32
38 ပူးပေါင်းရင်းမြစ်များ  

އެކަމާމެދު އުފާފާޅުކޮށް ހިތްހަމަޖައްސައިގެން ތިބޭތި! ސުވަރުގޭގައި މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަތިވެރި އިނާމެއް ދެއްވާނެ. އެއީ ކުރީގައި އުޅުއްވި ނަބީބޭކަލުންނަށް ވެސް މީސްތަކުން އަނިޔާކުރީ އެފަދައިން.⁠“


އެތަނުގައި ހިތާމަ އާއި ރުއިމާ ކުކުރުން ވާނެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަދި ހުރިހާ ނަބީންނެއް ވެސް މާތްރަސްކަލާނގެ ޙަޟްރަތުގައި ވާތަން ކަލޭމެންނަށް ފެންނާނެ. ނަމަވެސް ކަލޭމެން އެތަނުން ބޭރު ކުރެވޭނެ.


ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


އީސާގެފާނު މިނޫނަސް އިތުރު އެތައް އެތައް ކަމެއް ކުރެއްވިއެވެ. އެކަމަކު އެހުރިހާ ކަމެއް އެއްކަމަކަށް ފަހު އަނެއްކަމެއް ލިޔަން ވެއްޖެނަމަ އަހަރެން ދެކޭ ގޮތުގައި މި ދުނިޔެއަށް ނުތަކާހާ ގިނަ ފޮތްތައް ލިޔެވިދާނެއެވެ.


ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް މާކުރީއްސުރެ ވެސް އަންގަވާފައިވާ ފަދައިން އެ ބޭކަލަކަށް އީމާންވުމުން އެންމެ ހާ މީސްތަކުންގެ ފާފަތައް އެ ނަންފުޅެއް މެދުވެރިކޮށް ފުއްސެވޭނޭ ނަންފުޅަކީ އީސާގެފާނުގެ ނަންފުޅޭ.⁠“


އެއަށް ފަހު އައީ ފަނޑިޔާރުން ވެރިކަން ކުރި ދުވަސްވަރު. ފަނޑިޔާރުންގެ ވެރިކަން ނަބީ ޞަމޫއީލްގެފާނުގެ ޒަމާނާއި ހަމައަށް ދެމި އޮތް.


ޞަމޫއީލްގެފާނުން ފެށިގެން ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެއް ވެސް މިއަދު ކަލޭމެންނަށް ތިޔަ ފެނި، އަޑު އިވެމުން ދާ ކަންތައްތަކާއި ބެހޭ ގޮތުން ވަނީ އަންގަވާފަ.


އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ ފޮނުއްވި ރަސޫލުންގެ އުޅުއްވުންތަކުން މިސާލު ނަގާށެވެ. އެބޭކަލުންނަށް ބޭއިންސާފުން ލިބެމުން ނުހަނު ބޮޑު ވޭންތަކެއް ލިބެމުން ދިޔައެވެ. ވިޔަސް އެމީހުން ކެތްތެރިކަމާއެކު މާތްސާހިބާގެ ނަންފުޅުގައި ވާހަކަ ދައްކަމުން ދިޔައެވެ.


އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ.


އެއީ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމަށް އެހީވުމަށެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ދެން މާތްރަސްކަލާނގެ ޔަރުއްބަޢަލް އާއި ބަރާކު އާއި ޔަފްތާޙު އާއި ޞަމޫއީލް ލައްވައި ބަނީއިސްރާއީލުން ސަލާމަތް ކުރައްވައި އަދާވާތްތެރިންގެ ކިބައިން ރައްކާތެރިކޮށް ދެއްވި.


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ.


ދާއޫދު ބުންޏެވެ. ”⁠ކަލޭ ތިޔަ އަންނަނީ ކަނޑިއާއި ލޮންސިއާއި ބަޅުކަނޑި ހިފާފަ. އަހަރެން ކަލޭ ކުރިމައްޗަށް މި ނުކުތީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅުމަތީ. އެކަލާނގެއީ އިސްރާއީލު ސިފައިންގެ ވެރި ރަސްކަލާނގެ. ކަލޭ ތިޔަ ދިމާކުރަނީ އެކަލާނގެއާ.


އަލްޤާނާ އެނބުރި ރާމާއަށް ދިޔައީ އެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމަށް ޢާލީގެ ގާތު ޝީލާހްގައި ބަހައްޓާފައެވެ.


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


ގަދަފަދަ ހަނގުރާމަވެރިންގެ ދުނިދަނޑި ބިންދާލެވިއްޖެ. ވެއްޓެމުން ދިޔަ ދެރަ މީހުން ބާރުވެރި ކުރައްވައިފި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ