Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 11:31 - ކިތާބުލް މުޤައްދަސާ

31 ރާޙާބަކީ ކަސްބީ އަންހެނެކެވެ. ވިޔަސް އޭނާ ޖާސޫސުންނަށް ހިމާޔަތް ދިނީ އޭނާގެ އީމާންތެރިކަމުންނެވެ. އެހެންކަމުން އެރަށުގައި ތިބި ކާފަރުންނާއެކުގައި އޭނާ ނައްތައެއް ނުލެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 11:31
10 ပူးပေါင်းရင်းမြစ်များ  

މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.


ސަލްމޫން އަކީ ބޫޢަޒުގެ ބަފައިކަލުންނެވެ. (ބޫޢަޒުގެ މައިކަނބަލަކީ ރާޙާބު އެވެ.) ބޫޢަޒު އަކީ ޢޫބީދުގެ ބަފައިކަލުންނެވެ. (ޢޫބީދުގެ މައިކަނބަލަކީ ރާޢޫޘުއެވެ.) ޢޫބީދު އަކީ ޔައްސާގެ ބަފައިކަލުންނެވެ.


ދެން ދުވަސްކޮޅަކަށް ފަހު ބަރުސައްބާސް އާއި ސިލާހު އެނބުރި ޖެރޫސަލަމަށް އެމީހުން ފޮނުވި މީހުންގެ ކަރިއަށް ދިޔައެވެ. އެމީހުން ދިޔައީ އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ އެންމެންގެ ހެޔޮއެދުން ލިބިގެންނެވެ.


މާތްރަސްކަލާނގެ އެކަލާނގެ އަރާމުގެ މަންޒިލަށް ނުވައްދާނަމޭ އެވަޙީ ކުރެއްވީ ކޮން ބަޔަކާ ދިމާއަށް ހެއްޔެވެ؟ އެއީ އެކަލާނގެއަށް ނުކިޔަމަންތެރިވި މީހުން ނޫން ހެއްޔެވެ؟


އެހެން މިސާލަކަށް ވިސްނާލާއިރު ނާސި އަންހެނެއް ކަމުގައިވާ ރާޙާބު އާއި މެދުގައި ކަންތައްތައް ހިނގާދިޔަގޮތް ނިކަން ދެކިބަލާށެވެ. އެކަނބުލޭގެ އާއި މެދުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވީ އެކަނބުލޭގެ ކިބައިގައި ވީ ސާލިޙު އަމަލުތަކުގެ ސަބަބުންނެވެ. އެއީ ބަނީއިސްރާއީލުންގެ ޖާސުސުންނަށް އެކަނބުލޭގެއަށް ލިބިގެންވީ ހިޔާވަހިކަމުން އެމީހުންނަށް ހިޔާވަހިކަންދީ މީސްތަކުންނަށް ސިއްރިއްޔާތުގައި ސަލާމަތްތެރިކަމާއެކު އެސަހަރުގެ އެހެންމަގަކުން އެ ޖާސޫސުން ފޮނުވައި ދިނުމެވެ.


އަދި ”⁠އެކަލޭގެފާނީ މީސްތަކުން އަޅައިގެން ވެއްޓިދާފަދަ ހިލައެކެވެ. އަދި މީސްތަކުން އެ ހިލައިގެ މައްޗަށް ވެއްޓިދެއެވެ.⁠“ އެބައިމީހުން ވެއްޓިގެންދަނީ މާތްރަސްކަލާނގެ ބަސްފުޅު އަޑުނޭހުމުގެ ސަބަބުންނެވެ. އެހެންވީމާ މާތްރަސްކަލާނގެ ރާއްވަވާފައިވާ ގޮތުގެ މަތިން އެބައިމީހުން ތަގުދީރާއި ކުރިމަތިލައެވެ.


މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ