Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 11:25 - ކިތާބުލް މުޤައްދަސާ

25 އެހެންނޫންނަމަ ފާފައިގެ ވަގުތީ އުފާ ހޯދުމުގައި ދުވަސްތައް ހޭދަ ކުރެއްވުމުގެ ބަދަލުގައި، މާތްރަސްކަލާނގެ މީހުންނާއެކު ދަތިހާލުގައި އުޅުއްވުމަށް އެކަލޭގެފާނު ޚިޔާރު ނުކުރެއްވީހެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 11:25
34 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެމީހުންގެ ހިތުގައި އެ އުނގެނުންތައް ފުންކޮށް ހަރުލާފައި ނުވޭ. ވީމާ އެމީހުންނަށް އެބަސްފުޅުތަކުގައި ހިފެހެއްޓިގެންވީ ކުރު މުއްދަތެއްގައި. އެމީހުންގެ މިސާލަކީ އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ފަހު މުސީބާތްތައް ކުރިމަތިވުމުގެ ސަބަބުން އީމާންތެރިކަމުން އެއްކިބާވެގެންވާ މީހުންގެ މިސާލު.


އިބްރާހީމްގެފާނު ވިދާޅުވި. ’⁠ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ.


މީސްތަކުންނަށް މިޞްރުގައި ލިބެމުން ދާ އަނިޔާ އާއި އެމީހުންގެ ވޭނުން ފުރިފައި ވާ ރުއިމުގެ އަޑު ތިމަންކަލާނގެ އައްސަވާ ވޮޑިގެންފިމޭ. އެހެން ކަމުން ތިމަންކަލާނގެ އެމީހުން ސަލާމަތްކޮށް މިނިވަން ކުރާނަމޭ. އާދޭ. ތިމަންކަލާނގެ ކަލޭގެފާނު އަނބުރާ މިޞްރަށް ފޮނުވާނަމޭ.⁠‘


މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


ކަލޭމެން އީމާންކަމުގެ ތެރެއަށް ނުވަދެ ތިއްބާ ހިދާޔަތުގެ ނޫރު އަލަށް ލިބުނު ދުވަސްވަރު ކަލޭމެން އުފުލަން ޖެހުނު ދަތިވޭނުގެ މަތިން ފަހަރެއްގައި ވެސް ހަނދާން ނައްތާ ނުލާށެވެ. އޭރު ވެސް ކަލޭމެން އީމާންކަން ދޫކޮށެއް ނުލިއެވެ.


އަނެއް ބަޔަކު ގަލުން ތަޅައި މެރުނެވެ. އަނެއްބަޔަކު ދެފަޅިއަށް ކީހާ ލެވުނެވެ. އަދި އަނެއް ބަޔަކު ކަނޑިތަކުން ގަތުލު ކުރެވުނެވެ. އަނެއްބަޔަކަށް ކެހެރި ހަންކޮޅެއް ނޫނީ އުނުއޮރިޔާން ނިވާކޮށްލާނެ ފަދައެއް ނުވެއެވެ. އެމީހުން ތިބީ ފަޤީރުހާލުގައެވެ. ވޭނާއި އަނިޔާގެ ތެރޭގައެވެ.


މާތްރަސްކަލާނގެ މީހުން އަރާމު ކުރުމަށް ސަބަތުގެ ހިތްފަސޭހަކަން ލިބިދޭ ދުވަހެއް އަދިވެސް ވަނީ ހަމަޖައްސަވާފައެވެ.


ސަބަބަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ އިޚުލާސްތެރި ޙަޔާތެއްގައި ވުމަށް ކަލޭމެންނަށް ރުޅި އެހީތެރިވެ ނުދޭނޭތީއެވެ.


މި ދުނިޔޭގައި ކަލޭމެން ޙަޔާތުގެ އުފާފާގަތިކަން ހޯދީ ހިތުހުރި ގޮތަކަށް އަރާމުގައި ދިރިއުމުގައެވެ. ކަލޭމެންގެ ޖިސްމުތަކަށް ފުރިހަމަ ރޫފަ ގެނުވިއެވެ. އެއީ ކަތިލުމަށް ތައްޔާރުވެފައިވާ ރޫފަ ރަނގަޅު ޖަނަވާރަކާއި އެއްފަދައިންނެވެ.


”⁠މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.⁠“


އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި. އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު. ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ! އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ. ’⁠އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި! އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން. އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ