Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 11:21 - ކިތާބުލް މުޤައްދަސާ

21 ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ ދެ ދަރިކަލުންނަށް ބަރަކާތްލައްވައި ދެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ މަތިވެރިކަމުންނެވެ. އެކަލޭގެފާނު އަވަހާރަވާން ކައިރިވީހިނދު އަސާކޮޅުގެ މައްޗަށް ބުރަވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 11:21
4 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އެފަދައިން ކަންތައް ކުރާނެ ކަމުގައި އަހަރެންގެ ކުރިމަތީގައި ހުވާކުރޭ.⁠“ އެ ހިނދު އެފަދައިން ކަންތައް ކުރައްވާނެ ކަމުގައި ވިދާޅުވެ ޔޫސުފުގެފާނު ހުވާ ކުރެއްވިއެވެ. އަދި އިސްރާއީލުގެފާނު އެކަލޭގެފާނު ހިންގަވަން ގެންގުޅުއްވި އަސާކޮޅުގައި ހިއްޕަވާ ތެދުވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ކުރުނީސް ކުރައްވައި އަޅުކަންކުރެއްވިއެވެ.


މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ