ޢިބްރާނީންނަށް ސިޓީ 11:17 - ކިތާބުލް މުޤައްދަސާ17-18 އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ވަޢުދުކުރައްވާފައި ވަނީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ކިބައިން އެކަލޭގެފާނުގެ ދަރިކޮޅު ދެމިގެންދާނެ ކަމަށެވެ. އެކަލޭގެފާނު އިމްތިޙާނު ކުރެވުނު ހިނދު އެކަލޭގެފާނުގެ ހަމައެކަނި ދަރިކަލުން އިސްޙާޤުގެފާނު ޤުރުބާން ކުރައްވަން ޖެހިލުންވެ ވަޑައިނުގަތީ އެކަލޭގެފާނުގެ ކިބައިގައިވާ އީމާންތެރިކަމުގެ ސަބަބުންނެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.
އަހަރެމެން މަތިވެރިކަމެއް ދެނީ ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނަށެވެ. އައްޔޫބުގެފާނުގެ ކެތްތެރިވެ ވަޑައިގަތުމާއި އަދި އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތުމުން ސާހިބުވަންތަކަލާނގެ އެކަލޭގެފާނަށް އެންމެފަހުން އެހީތެރިވެ ވޮޑިގެންނެވީ ހެޔޮ ގޮތުގައިކަން ކަލޭމެން ވާނީ އަޑު އަހާފައެވެ. ސާހިބުވަންތަކަލާނގެ މިފަދައިން އަމަލުކުރެއްވި ސަބަބަކީ އެކަލާނގެއީ އޯގާވަންތަ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައިވުމެވެ.