ޢިބްރާނީންނަށް ސިޓީ 11:12 - ކިތާބުލް މުޤައްދަސާ12 އެހެނީ އެކަމަނާގެ ފިރިމީހާ ވަނީ ފިރިހެންވަންތަ ކަމުގެ ބާރު ކެނޑިފައެވެ. އެކަމަކު އެކަލޭގެފާނު އެތައް ދަރިކޮޅެއްގެ ބަފައިކަލުން ކަމުގައި އެކަލާނގެ ހެއްދެވިއެވެ. އެ ދަރިކޮޅުގެ ގިނަކަން އުޑުގައިވާ ތަރިތަކާއި ގޮނޑުދޮށުގައިވާހާ ވެއްޔަކާ އެއްފަދަވިއެވެ. အခန်းကိုကြည့်ပါ။ |
އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.‘“
އަދި މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތައް އޭނާގެ ކެހިވެރި ކަމުގައި ޖައްސުވަމުން އޭނާ ގެންދާނެއެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ އަހުލުވެރިން ވެސް މެއެވެ. ޝައިތާނާ އެ ހުރިހާ އެންމެން ހަނގުރާމައަށް ގެންނާނެއެވެ. އެބައިމީހުންގެ އަދަދު ގޮނޑުދޮށުގައި ހުރި ވެލިފަދައިން ގިނަވެގެންވާނެއެވެ.