ޢިބްރާނީންނަށް ސިޓީ 10:5 - ކިތާބުލް މުޤައްދަސާ5 މި ސަބަބަށްޓަކައި އީސާގެފާނު ދުނިޔެއަށް ވަޑައިގެން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”އިނބަރަސްކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވަނީ ޖަނަވާރުތަކުގެ ޤުރުބާނީތަކާއި ވެދުންތަކެއް ނޫނެއް ނޫންތޯއެވެ؟ އެކަމަށްޓަކައި އިނބަރަސްރަކަލާނގެ މިއަޅާއަށް މިވަނީ ހަށިގަނޑެއް ދެއްވާފަ ނޫންތޯއެވެ؟ အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.
އީސާގެފާނު ފުރަތަމަ ވިދާޅުވީ މިހެންނެވެ. ”ފާފައިގެ ކައްފާރާއެއްގެ ގޮތުން ކުރެވޭ ޤުރުބާނީތަކާއި، ޖަނަވާރުތައް ކަތިލައިގެންނާއި އަންދައިގެންނާއި އަދި އެނޫންވެސް ގޮތްގޮތުން ކުރެވޭ އެފަދަ ޤުރުބާނީތަކަށް، އިނބަރަސްކަލާނގެ ބޭނުންފުޅުވެ އެކަމާ ރުހިވޮޑިގެންނެއް ނުވަމުއެވެ.“ އެކަލޭގެފާނު މިހެން ވިދާޅުވީ މިހުރިހާ ކަންތައް އަމުރުކުރެވިފައިވާ ގޮތަށް ކަންވެ ނިމިފައިވާ ހިނދުގައި ވެސްމެއެވެ.
އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.
އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.