ޢިބްރާނީންނަށް ސިޓީ 10:39 - ކިތާބުލް މުޤައްދަސާ39 އަހަރެމެންނަކީ ފުރަގަސްދީ ގޮސް ގެއްލުމުގެ ތެރެއަށް ހުރަހެޅިގަންނަ މީހުންނެއް ނޫނެވެ. އަހަރެމެން ތިބޭނީ އީމާންކަން މަތީގައެވެ. އެހެންކަމުން އަހަރެމެންނަކީ ސަލާމަތް ކުރައްވާނެ ބައެކެވެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.
އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.
ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.