ޢިބްރާނީންނަށް ސިޓީ 10:38 - ކިތާބުލް މުޤައްދަސާ38 ތިމަންކަލާނގެ ޞާލިޙު ކުރައްވާފައިވާ ބަޔަކު ދިރިތިބޭނީ އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. އެކަމަކު ފުރަގަސްދީ ދާ މީހާއާ މެދު ތިމަންކަލާނގެ ރުހިވޮޑިގެންނެއް ނުވަމެވެ.“ အခန်းကိုကြည့်ပါ။ |
މިހެންކަމުން އެނގި ހާމަވަނީ އެއްވެސް މީހަކަށް އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ކުރިފުޅުމަތީ ރަނގަޅު މީހަކަށް ނުވެވޭނެކަމެވެ. އެއީ ލިޔެވިގެން ވެއެވެ. ”ދިރިތިބޭނީ ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާން ވުމުގެ ސަބަބުން އެކަލާނގެ ރުއްސެވުން ލިބޭ މީހުންނެވެ.“
އެހެނީ އެ ބަނީއިސްރާއީލުން މާތްސާހިބާ އީސާގެފާނު ގަތުލު ކުރެއްވިއެވެ. އަދި ނަބީބޭކަލުން ވެސް މެއެވެ. އަދި އެބައިމީހުންގެ ޤައުމު ދޫކޮށް އަހަރެމެން ދިއުމަށް ވެސް އެބައިމީހުން މަޖުބޫރުކުރިއެވެ. އަދި އެބައި މީހުން ޚިޔާރު ކުރީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާނެ ގޮތެވެ. އަދި އެބައިމީހުން މުޅި އިންސާނީ ދަރިކޮޅާއި ދެކޮޅުވެރި ވެގަތެވެ.
އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.