Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 10:35 - ކިތާބުލް މުޤައްދަސާ

35 ކަލޭމެންގެ ހިތުގައި މާތްރަސްކަލާނގެއާ މެދު އޮންނަ އިތުބާރު ގެއްލުވާ ނުލާށެވެ. އެކަމުގެ ޘަވާބު މަތިވެރިވާނެކަން ވެސް ހަނދާނުގައި ބަހައްޓާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 10:35
15 ပူးပေါင်းရင်းမြစ်များ  

އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުން އަހަރެންނަށް އީމާންވާ ކަމުގައި އެއްބަސްވާނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބަޔަކު ކަމުގައި އަހަރެން ދަންނަވާނަން.


އަދި އަހަރެންނަށް ތަބާވާ ފަރާތްތަކުގެ ތެރެއިން އެންމެ އާރެއް ބާރެއް ނެތް މީހަކަށް ފިނިފެން ތައްޓެއް ދިން މީހަކަށް ވެސް ހަމަކަށަވަރުން މާތްރަސްކަލާނގެ ޘަވާބު ދެއްވާނެ.⁠“


އެކަމާމެދު އުފާފާޅުކޮށް ހިތްހަމަޖައްސައިގެން ތިބޭތި! ސުވަރުގޭގައި މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަތިވެރި އިނާމެއް ދެއްވާނެ. އެއީ ކުރީގައި އުޅުއްވި ނަބީބޭކަލުންނަށް ވެސް މީސްތަކުން އަނިޔާކުރީ އެފަދައިން.⁠“


އޭރުން ކަލެއަށް ރަޙުމަތް ލައްވާނެ. އެއީ އެމީހުންނަށް އޭގެ އަގު ދޭން ނުލިބުނު ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތާއި އެކަލާނގެ ރުހިވޮޑިގަތުން ކަލެއަށް ލިބޭނެ.⁠“


އަލްމަސީޙު އަހަރެމެންނަށް ހިތްވަރާ އިތުބާރު ދެއްވައެވެ. އެހެންވީމާ، އީމާންތެރިކަމާއެކުގައި އަހަރެމެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވެވޭނެއެވެ.


އަޚުންނާއި އުޚުތުންނޭވެ! އީސާގެފާނުގެ ލޭފޮދުގެ ސަބަބުން އަހަރެމެންނަށް އެންމެ މުޤައްދަސް މަޤާމުފުޅަށް މިއަދު ވެސް ބިރެއްނެތި ވާސިލުވެވޭނެ ކަމުގެ ހިތްވަރު ލިބިފައިވެއެވެ.


އެއާ ޚިލާފަށް އެކަލޭގެފާނު ދެކެވަޑައިގެންނެވީ މިޞްރުގެ ޚަޒާނާއަށް ވުރެން އަލްމަސީޙަށްޓަކައި ލަދާއި ވޭނުގައި ހޭދަކުރެއްވުން މާ ރަނގަޅުކަމަށެވެ. އެކަލޭގެފާނު ބެއްލެވީ ކުރިމަގުގައި ލިބޭނެ އިނާމަކަށެވެ.


އެހެނީ މަލާއިކަތުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކަކީ ވެސް ޙައްޤު ތެދު ބަސްފުޅުތަކެކެވެ. އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ވެސް އެކަމުގެ ޙައްޤު ސަޒާ ލިބެއެވެ.


އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.


އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.


އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


ވީމާ، އަހަރެމެން މިކުރި ބުރަ މަސައްކަތުން ތިޔަބައިމީހުންނަށް ލިބިދެނިވި ހެޔޮ ޖަޒާ ގެއްލި ނުދާނޭކަން ޔަޤީނެވެ. ސަމާލުވެ ތިބޭށެވެ. އޭރުން ތިޔަބައިމީހުންނަށް ފުރިހަމަ ގޮތުގައި ހެޔޮ ޖަޒާ ލިބޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ