ޢިބްރާނީންނަށް ސިޓީ 10:26 - ކިތާބުލް މުޤައްދަސާ26 ޙަޤީޤަތް އޮޅުން ފިލުމަށް ފަހު އަހަރެމެން ގަސްތުގައި ކުރަމުން މިގެންދާ ފާފައިން ސަލާމަތްވެވޭނެ ފަދަ އެއްވެސް ޤުރުބާނީއެއް ނެތެވެ. အခန်းကိုကြည့်ပါ။ |
އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.
އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.
އެކަކު އަނެކަކާ ދެމެދު ކުރާ އިހާނާތެއް ނަމަ މާތްކަލާނގެ އެކަމުގައި އެހީތެރިކަން ދެއްވާފާނެ. އެކަމަކު މާތްރަސްކަލާނގެއާ މެދު ކަލޭމެން ކުރާ އިހާނާތެއް ނަމަ އެހީތެރިވެ ދެވޭނީ ކާކަށް؟“ ޢާލީގެ ދަރިން މި ނަސޭހަތެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން މަރުގެންނެވުމަށް މާތްރަސްކަލާނގެ އޭރު ވަނީ ހިންމަވައިފައެވެ.