ޢިބްރާނީންނަށް ސިޓީ 10:25 - ކިތާބުލް މުޤައްދަސާ25 މިހާރަކަށް އައިސް ބައެއް މީހުން އަޅުކަމުގެ ބައްދަލުވުންތަކަށް ނާންނަން ފަށައިފިއެވެ. އެކަމަކު އަހަރެމެން އެ ގޮތަށް ހަދައިގެން ނުވާނެއެވެ. އަހަރެމެން އެކަކު އަނެކެއްގެ ހިތްވަރު އާލާކޮށް ދޭންވާނެއެވެ. އެހެނީ އީސާގެފާނު ވަޑައިގަންނަވާ ދުވަސް މިވަނީ ކައިރިވެފައިކަން އަހަރެމެންނަށް އެބަ އެނގެއެވެ. အခန်းကိုကြည့်ပါ။ |
އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.
މާތްރަސްކަލާނގެއީ އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައި އެނބުރި ވަޑައިގެންނެވުމަށް ޙަޤީޤަތުގައި ވެސް ލަސްވެގެންވާ ފަރާތެއް ނޫނެވެ. ބައެއްފަރާތްތަކަށް އެކަން ލަސްވެގެންވާކަމުގައި ވިސްނިފައި އޮތަސްމެއެވެ. އެކަލާނގެ ތިޔަބައިމީހުންނާމެދު ކެތްތެރިވެ ވޮޑިގެންވެއެވެ. އަދި އެއްވެސް ފަރާތެއް ގެއްލެނި ކުރެއްވުމަކަށް އެދިވޮޑި ނުގަންނަވަމެވެ. އެއީ އެކަލާނގެ ހުރިހާ އެންމެންނަށް މުއްދަތު ދެއްވައި ތައުބާވުމަށް އެދިވޮޑިގަންނަވާތީއެވެ.