ޢިބްރާނީންނަށް ސިޓީ 10:23 - ކިތާބުލް މުޤައްދަސާ23 އަހަރެމެން މިގަބޫލު ކުރާ ކަމަށް މިބުނާ އެއްޗެއްގައި ނިކަން ބާރަށް ހިފަހައްޓައިގެން އެ އުންމީދު މަތީގައި ތިބެމާ ހިނގާށެވެ. އެހެނީ އަހަރެމެންނަށް މިއުންމީދު ދެއްވަނީ އިތުބާރު ކުރެވޭ ވަފާތެރި ކަލެއް ކަމުންނެވެ. အခန်းကိုကြည့်ပါ။ |
ސާރާގެފާނު އެހާ އަޖޫޒުވެ އިއްދައިން ކެނޑިފައިވީ ހިނދު ވެސް މާތްރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ގޮތަށް އެކަލާނގެ ކަންތައް ކުރައްވާނެ ކަމުގެ އީމާންތެރިކަން ދޫކޮށެއް ނުލައްވައެވެ. އެ އެކަމަނާއަށް ދަރިއަކު ލިބޭނެގޮތް މެދުވެރިވީ އެ ޔަޤީންކަން މަތީ އިންނަވަނިކޮށެވެ. އެއީވެސް އެކަމަނާގެ އީމާންތެރިކަމުގެ ނަތީޖާއެވެ.
އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.
އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ.
ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ.