Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 10:22 - ކިތާބުލް މުޤައްދަސާ

22 އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 10:22
66 ပူးပေါင်းရင်းမြစ်များ  

ދެން ހާރޫނާއި އޭނާގެ ދަރިން އެތަނަށް ހާޒިރުކޮށް އެމީހުން ފެންވަރުވާ.


އޭ ދަރިފުޅާއެވެ! ކަލޯގެ ހިތް އަހަންނަށް ދޭށެވެ. އުފަލާއެކު މަގޭ ނަމޫނާގައި ހިފާށެވެ.


ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


އިއްޒަތްތެރި ތިޔޯފިލުސްގެ އަރިހަށް، އަހަރެމެންގެ ތެރޭގައި އީސާގެފާނާމެދު ކަންތައްތައް ހިނގާމިދިޔަ ގޮތުގެ ވާހަކަ ފުރިހަމަޔަށް ލިޔެ ބަޔާން ކުރެވޭތޯ އެތައް ބަޔަކު ވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ.


އީސާގެފާނުގެ މިބަސްފުޅު އިވުމުން އެތާނގައި ތިބި މީހުންގެ ތެރެއިން ފުރަތަމަ މުސްކުޅިން އޭގެ ފަހުން ޒުވާނުން އެތަނުން ދާން ފެށިއެވެ. މިހެން ދަމުން ގޮސް މަޑުމަޑުން އެތާނގައި ތިބި އެންމެންމެ އެތަނުން ހިނގައްޖެއެވެ. އޭރު އެތާނގައި އީސާގެފާނުގެ ކުރިފުޅުމަތީ ހުރީ ހަމައެކަނި އެ އަންހެންމީހާއެވެ.


އެހެންވީމައި އިތުރަށް ދެން މަޑު ނުކުރާށޭ. ތެދުވެ އަވަހަށް ތައުބާގެ ހިނެވުމުން ހިނައިގަނެ މާތްސާހިބާގެ ނަންފުޅުގަނެ ދުޢާ ކޮށް ކަލޭގެ ފާފަތައް ފޮހެ ނައްތާލާށޭ.⁠‘


އަހަރެމެންނާއި އެކު މި ކަންތައް ކުރުމަށް ބައިވެރިވުމަކަށް ކަލެއަކަށް އެއްވެސް ޖާގައެއް ނެތް. އަދި ކަލޭގެ ހިތުގެ މަގުސަދާއި ނިޔަތް ރަނގަޅު ނޫންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވޭ.


އަލްމަސީޙު އަހަރެމެންނަށް ހިތްވަރާ އިތުބާރު ދެއްވައެވެ. އެހެންވީމާ، އީމާންތެރިކަމާއެކުގައި އަހަރެމެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވެވޭނެއެވެ.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


އަޅުންނޭވެ. ތިޔަބައިމީހުންގެ ސާހިބުންނާއި މެދުގައި މި ދުނިޔޭގައި ބިރުވެތިވެ، ހިތުގެ ފުންމިނުން އިޙުތިރާމާއެކުގައި ކިޔަމަންތެރިކަން އަދާކުރާށެވެ. އެއީ ތިޔަބައިމީހުން އަލްމަސީޙަށް ކިޔަމަންތެރިވެ ޚިދުމަތްކުރާ ފަދައިންނެވެ.


މިފަދަ އެދުރުންނަކީ މުނާފިޤު ދޮގުވެރިންނެވެ. އެމީހުން ދީންވެރިންގެ ގޮތުގައި ހެދިގެން އުޅުނު ކަމުގައިވިޔަސް އެމީހުންގެ ޒަމީރުގެ އިޙުސާސްތައް ވަނީ ނެތި ފަނާ ވެފައެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވީ އަހަރެމެންނަށް ކުރެވިފައިވީ ރަނގަޅު ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެނަސް އެއީ އެކަލާނގެ ރަޙުމަތް ފުޅެވެ. އެކަލާނގެ އަހަރެމެންގެ ފާފަ ފުއްސަވައި ދެއްވާ އާ ޙަޔާތެއް ދެއްވީ މާތްރޫޙުފުޅު މެދުވެރި ކުރައްވައެވެ.


މޫސާގެފާނުގެ ޤާނޫނުތަކަކީ އަންނަން އޮތް ހެޔޮކަންތަކުގެ ނަމޫނާއެއް ފަދަ އެއްޗެކެވެ. މިއަކީ އޭގެ ޒާތުގައި އަސްލެއް ފަދަ އެއްޗެއް ނޫނެވެ. އެހެނީ އަހަރަކަށް ފަހު އަހަރަކު އެކުރާ ޤުރުބާނަކުން އަޅުކަން ކުރަން އަންނަ މީސްތަކުން ފުރިހަމަޔަކަށް ސާފުތާހިރެއް ނުކުރެވެއެވެ.


އަޚުންނާއި އުޚުތުންނޭވެ! އީސާގެފާނުގެ ލޭފޮދުގެ ސަބަބުން އަހަރެމެންނަށް އެންމެ މުޤައްދަސް މަޤާމުފުޅަށް މިއަދު ވެސް ބިރެއްނެތި ވާސިލުވެވޭނެ ކަމުގެ ހިތްވަރު ލިބިފައިވެއެވެ.


އެކަލޭގެފާނުގެ އީމާންތެރިކަމުން، ފަހަނަޅައި ދިއުމުގެ ޢީދު ގާއިމުކުރައްވައި ގޭގޭގެ ދޮރުތަކަށް ލޭ ބުރުއްވިއެވެ. އެއީ އެހެން ހެދުމުން މަރުގެ މަލާއިކަތާ އިސްރާއީލީންގެ ދޮށީ ދަރިފުޅު ނުމަރުއްވާނެ ކަން ޔަޤީންވާތީއެވެ.


އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.


އެހެންކަމާއެކު އަހަރެމެން ވެސް ނިޢުމަތްތައް އެތަނެއްގައިވާ މާތްރަސްކަލާނގެ އަރުޝިކޮޅުގެ ކުރިމައްޗަށް ކެރިގެން ދަމާހިނގާށެވެ. އަހަރެމެން އެންމެ ބޭނުންވާ ވަގުތު އެކަލާނގެ ރަޙުމަތްވަންތަ ނިޢުމަތް އަހަރެމެންނަށް ލިބޭނީ އެތަނުންނެވެ.


އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ.


އެހެނީ ޤާނޫނަކީ އެއްވެސް ކަމެއް ފުރިހަމަ ކުރެވޭނެ އެއްޗެއް ނޫނެވެ. މިއަދު އަހަރެމެންނަށް މިވަނީ މާމަތިވެރި އުންމީދެއް ލިބިފައެވެ. އެ އުންމީދުގެ ތެރޭން އަހަރެމެންނަށް މާތްރަސްކަލާނގެއާ ގާތަށް ދެވޭނެ ގޮތް މެދުވެރިވެއެވެ.


އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.


މޫސާގެފާނު އަންގަވާފައި ވަނީ އެ ހުރިހާ ޤާނޫނުތަކަށް ވެސް މީސްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ދެން އެކަލޭގެފާނު ޒޫފާ ގޮފިކޮޅަކާއި ގަދަ ރަތް ރޮދިން ބުރުހެއް ހައްދަވައި ފިރިހެން ގެރިއާއި، ބަކަރީގެ ލެޔާއި ފެން އެއްކުރައްވައި ޢަހުދުނާމާ ފަތްކޮޅަށާއި މީސްތަކުންގެ މައްޗަށް އެ ދިޔަވަރު ބުރުވައި އޮއްސެވިއެވެ.


ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ.


މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.


އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ