Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 10:10 - ކިތާބުލް މުޤައްދަސާ

10 އީސާގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގެންނެވި ފަދައިން ކަންތައް ކުރެއްވުމުގެ ސަބަބުން އަހަރެމެން އެންމެން މިވަނީ ސާފުވެ މުޤައްދަސް ވެފައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅު އެންމެ ފަހަރަކު ޤުރުބާން ކުރެއްވުމުން އިތުރު ޤުރުބާނީއެއް ވެދުން ކުރަން ނުޖެހޭނެތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 10:10
25 ပူးပေါင်းရင်းမြစ်များ  

އެމީހުންގެ ޙައްޤުގައި އަޅުގަނޑު އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަންނަން. އެއީ އެމީހުން ވެސް ޙަޤީޤީ މާނައިގައި އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަތުމަށްޓަކައި.⁠“


ނަމަވެސް އެތަނުން ސިފައިންގެ މީހަކު އެކަލޭގެފާނުގެ އަރިކަށިފުޅަށް ލޮންސިއެއް ހަރާލިއެވެ. އެއާއެކު އެކަލޭގެފާނުގެ ހަށިކޮޅުން ލެއާއި ފެން ފައިބައިގަތެވެ.


އަހަރެން މީ ސުވަރުގޭން ފޮނުވުނު ދިރިހުރުންދޭ ކާނާ. މިކާނާ ކައިފި މީހަކަށް ދާއިމީ ދިރިހުރުން ލިބޭނެ. އަހަރެން މިދޭ ކާނާއަކީ އަހަރެންގެ ހަށިގަނޑު. އަހަރެން މި ހަށިގަނޑު ހުށަހަޅަނީ ދުނިޔޭގެ މީހުންނަށް ދިރިހުރުން ދިނުމަށްޓަކައި.⁠“


އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


އެކަމަކު އަހަރެމެންގެ އުއްތަމަ އިމާމު ވެވަޑައިގެންނެވި ޤުރުބާނީއަކީ ހުރިހާ އިރަކަށް ފުދޭވަރުގެ ޤުރުބާނީއެކެވެ. އޭގެ ފަހުން އެކަލޭގެފާނު އިށީނދެވަޑައިގެން އެ އިންނެވީ މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


މި ކުރެވުނު ހަމައެކަނި ޤުރުބާނީގެ ސަބަބުން އެކަލޭގެފާނު ވަނީ މުޤައްދަސް ކުރެވުނު އެންމެހާ މީސްތަކުންގެ ކުށްފާފަތައް އެންމެ ފުރިހަމަގޮތުގައި ދާއިމަށް ފުއްސަވައި ތާހިރު ކުރައްވާ ފައެވެ.


އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ހަށިކޮޅުގެ، ފަރުދާގެ ތެރެއިން ލައިގެން އާ ޙަޔާތަކާ ދިމާޔަށް ދެވޭނެ ރާސްތާ ހުޅުވިގެން ދިޔައެވެ. އެގޮތުން އެންމެ މުޤައްދަސް މަގާމުފުޅަށް އަހަރެމެންނަށް ދެވޭނެ މަގު ތަނަވަސްވިއެވެ.


އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟


މި ސަބަބަށްޓަކައި އީސާގެފާނު ދުނިޔެއަށް ވަޑައިގެން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވަނީ ޖަނަވާރުތަކުގެ ޤުރުބާނީތަކާއި ވެދުންތަކެއް ނޫނެއް ނޫންތޯއެވެ؟ އެކަމަށްޓަކައި އިނބަރަސްރަކަލާނގެ މިއަޅާއަށް މިވަނީ ހަށިގަނޑެއް ދެއްވާފަ ނޫންތޯއެވެ؟


އީސާގެފާނު ސަލީބަށް އެރުވި އަވަހާރަވީ ރަށްބޭރު ދޮރާށިން ބޭރުގައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅުގެ ލޭފޮދުން އެކަލޭގެފާނުގެ މީހުންގެ ފާފައިން ތާހިރު ކުރެއްވުމަށެވެ.


އެކަލޭގެފާނު މީސްތަކުން މުޤައްދަސް ކުރެއްވިއެވެ. މުޤައްދަސް ކުރެވުނު މީހުންގެ ބައްޕަކަމަށް ވާނީ އެކަލޭގެފާނުގެ ވެސް ބައްޕާފުޅެވެ. އީސާގެފާނު އެމީހުންނަކީ ތިމަންކަލޭގެފާނުގެ ކޮއްކޮމެން ކަމަށް ވިދާޅުވާން ލަދުފުޅު ނުގަންނަނީ އެހެންވީމައެވެ.


އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.


އެ އެންމެ މުޤައްދަސް މަޤާމުފުޅަށް ވެދެވަޑައިގެން އަހަރެމެން އެންމެންގެ ފާފަތަކުން އަބަދަށްޓަކައި އެކަލޭގެފާނު އަހަރެމެން މިނިވަން ކޮށްދެއްވިއެވެ. މި ކަމަށްޓަކައި އެކަލޭގެފާނު ހުށަހެޅުއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅުގެ ލޭފޮދެވެ. ގެރިއެއް ބަކަރިއެއްގެ ލެޔެއް ނޫނެވެ.


އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.


އެކަން އޮތީ އެ ގޮތަށް ނަމަ ދުނިޔެ އުފެއްދެވީއްސުރެން އަހަރަކު އެއްފަހަރު އެކަލޭގެފާނުގެ ލޭފޮދު އޮއްސަވަން ޖެހުނީސް ނޫންހެވެ؟ އެކަމަކު މިހާރު އެންމެ ފަހަރަކު އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތުމުގެ ސަބަބުން ދުނިޔެ ނިމެންދެން ވެސް މީސްތަކުންގެ ފާފަތައް ފުހެވިގެން ދާނެ ގޮތް މިވަނީ މެދުވެރިވެފައެވެ.


އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.


އަހަރެމެންގެ ފާފަ ތައް ފޮހެދެއްވުމަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށް ވޭނާ ކުރިމަތިލައްވައި ސަލީބަށް އެރުވިދިޔައެވެ. އެހެންވީމާ އަހަރެމެން ފާފަ ކުރުން ހުއްޓާލައި ޞާލިޙު ގޮތުގައި ޙަޔާތް ވޭތުކުރަމާހިނގާށެވެ. ތިޔަބައިމީހުންނަށް މި ފަސޭހަކަން ލިބިދިނީ އެކަލޭގެފާނުގެ ޒަޚަމްތަކުންނެވެ!


އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.


އީސާ އަލްމަސީޙުއަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ފާޅުވެގެން ދިޔައީ އެކަލޭގެފާނު ފެނުން ތައުބާގެ ހިނެވުން ހިނެވުމުންނާއި ސަލީބަށް އެރުވިފައިވީ ހިނދު އޮހުނު ލޭފޮދުންނެވެ. ހަމައެކަނި ފެނަކުން ނޫނެވެ. މިކަންތަކަށް ޚުދު މާތްރޫޙުފުޅު ވެސް ހެކިވެއެވެ. އެހެނީ އެ ރޫޙުފުޅަކީ ޙައްޤުތެދު ކަމަށް ވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ