Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 1:3 - ކިތާބުލް މުޤައްދަސާ

3 އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 1:3
42 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު! ކައިވެނި ކޮށްގެން ތިއްބާ ފިރިމީހާ ނިޔާވި ހިނދު ދަރިއަކު ލިބިފައިނުވާ ހުވަފަތް އަންހެނާ އާއި ނިޔާވި މީހާގެ އަޚާއި ކައިވެނި ކޮށްގެން އޭނާއަށް ދަރިން ހޯދައިދޭންޖެހޭނޭ ކަމަށް ތައުރާތުގައި މޫސާގެފާނު ވިދާޅުވޭ.


މާތްސާހިބާ އީސާގެފާނު އެބޭކަލުންނަށް މިވާހަކަފުޅުތައް ވިދާޅުވެދެއްވައި ނިންމެވި ހިނދު އެކަލޭގެފާނު އުޑަށް އުފުއްލެވިގެން ދިޔައެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވީ މަޤާމުގައި އެކަލޭގެފާނު ވަނީ ލަހައްޓަވާފައެވެ.


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


ހުރިހާ އެއްޗަކަށް ދިރުން ލިބުނީ ބަސްފުޅުގެ ސަބަބުންނެވެ. އަދި އެންމެންނަށް އަލިކަން ލިބުނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ސަބަބުންނެވެ.


މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.


އެވަގުތު އިސްތިފާނު ބުންޏެވެ. ”⁠އަހަރެންނަށް ސުވަރުގޭގެ ދޮރޯށިކޮޅުތައް ހުޅުވިގެން ވާތަން އެބަފެނޭ. އަދި މަތިވެރި ކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އިންސާނާގެ ދަރިކަލުން ވާތަން މަށަށް އެބަފެނޭ.⁠“


ތިޔަބައިމީހުން ތިޔަ ވަނީ އީސާއަލްމަސީޙާއެކު އަލުން ދިރުވާފައެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ވެސް ތިޔަ ވަނީ އާ ދިރުމެއް ލިބިފައެވެ. ތިޔަބައިމީހުން ސުވަރުގޭގައިވާ ކަންކަމަށް ހިތްއެދި ތިބޭށެވެ. އެތަނަކީ އީސާގެފާނު މިއަދު މާތްކަލާނގެ ކަނާތްޕުޅުގައި އިންނަވާ ތަނެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


މާތްރަސްކަލާނގެ މިފަދަ އެންގެވުމެއް އެއްވެސް މަލާއިކަތަކަށް ނިސްބަތް ކުރައްވައި އަންގަވާފައެއް ނުވެއެވެ. ”⁠ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އިއްޒަތުގެ މަޤާމުގައި އިށީނދެ ވަޑައިގަންނަވާށެވެ. އެއީ ތިމަންކަލާނގެ، ކަލޭގެފާނާއި ދެކޮޅުވެރިވި އެންމެން، ކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށްލާ ކުޑަ ގޮނޑިއެއް ފަދައިން ނިކަމެތި ކޮށްލައްވަންދެނެވެ.⁠“


އެކަމަކު އަހަރެމެންގެ އުއްތަމަ އިމާމު ވެވަޑައިގެންނެވި ޤުރުބާނީއަކީ ހުރިހާ އިރަކަށް ފުދޭވަރުގެ ޤުރުބާނީއެކެވެ. އޭގެ ފަހުން އެކަލޭގެފާނު އިށީނދެވަޑައިގެން އެ އިންނެވީ މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.


ބުނަން މި އުޅޭ ވާހަކައަކީ އަހަރެމެންގެ އުއްތަމަ އިމާމަކު ހުރި ވާހަކައެވެ. އެ އިމާމަކީ އުޑުގައިވާ އަރުޝިކޮޅުގައި ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅުގައި އިންނެވި އިމާމެވެ.


މިކަހަލަ ޢަހުދުނާމާއަކީ ވަސިއްޔަތެއް ފަދަ އެއްޗެކެވެ. އެހެނީ ވަސިއްޔަތެއްގެ މައްޗަށް އަމަލު ކުރެވޭނީ އެ ލިޔުނުމީހާ މަރުވުމުގެ ފަހުންނެވެ.


އެކަން އޮތީ އެ ގޮތަށް ނަމަ ދުނިޔެ އުފެއްދެވީއްސުރެން އަހަރަކު އެއްފަހަރު އެކަލޭގެފާނުގެ ލޭފޮދު އޮއްސަވަން ޖެހުނީސް ނޫންހެވެ؟ އެކަމަކު މިހާރު އެންމެ ފަހަރަކު އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތުމުގެ ސަބަބުން ދުނިޔެ ނިމެންދެން ވެސް މީސްތަކުންގެ ފާފަތައް ފުހެވިގެން ދާނެ ގޮތް މިވަނީ މެދުވެރިވެފައެވެ.


އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


އަލްމަސީޙު މިހާރު ވަޑައިގެން ވަނީ ސުވަރުގޭގައެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި މަތިވެރި ކަމާއެކުގައި ވަޑައިގެން ވެއެވެ. އަދި އެންމެހާ މަލާއިކަތުންނާއި އެންމެހާ ބާރުވެރި ފަރާތްތަކެއްގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ލިބިގެން ވަނީ އެކަލޭގެފާނަށެވެ.


މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ.


މާތްރަސްކަލާނގެ އިއްޒަތްތެރި ޖަލާލަތު ކަމާއިއެކު އެކަލާނގެ ވަޙީ ބަސްފުޅު މިފަދައިން އަހަރެމެންނަށް އިވިގެން ދިޔަ އެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.⁠“ އެ ހިނދު އީސާގެފާނަށް މާތްރަސްކަލާނގެ ބައްޕާފުޅުގެ މަތިވެރިވެގެންވާ ޝަރަފާއި ޖަލާލަތު ލިބިވަޑައިގެންނެވިއެވެ.


މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.


އަދި އީސާގެފާނު ވަޑައިގެންނެވީ އަހަރެމެން ހުރިހާ އެންމެންގެ ފާފަ ޢަފޫކޮށްދެއްވުމަށް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި އެކަލޭގެފާނީ ފާފައިން ހުސްދުރުވެގެންވާ ބޭކަލެއްކަން ވެސް ތިޔަބައިމީހުން ދަންނާނެއެވެ.


ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން!


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


”⁠އަޅަމެންގެ ސާހިބުވަންތަ ރަސްކަލާކޮ! ޖަލާލަތާއި ގަދަރާއި ބާރު ލިބިގަތުމަށް އިނބަރަސްކަލާނގެ ކިބަފުޅަށް އެކަށީގެންވޭ. އެހެނީ ހުރިހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ އިނބަރަސްކަލާނގެމެ. އަދި އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ފަދައިން އެތަކެއްޗަށް ދިރިހުރުމާއި އަދި ޙަޔާތު ދެއްވިން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ