Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 1:14 - ކިތާބުލް މުޤައްދަސާ

14 އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 1:14
65 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މީސްތަކުންގެ ބިއްދޮށުގައި އެކަލޭގެފާނުގެ އާއިލާ އާއި އެކަހެރިވެވަޑައިގެން ހުންނެވިއެވެ. އެތަނުގެ ފުރަގަހުގައި އެކަލޭގެފާނު ގިނިކަންޏާ ހުންނަވަނިކޮށް ކުއްލިއަކަށް މީހަކު އައިސް އެކަލޭގެފާނުގެ ހަށިކޮޅުގައި ބެއްދިއެވެ. އަދި ފަތިސް ވެއްޖައުމަށް ދާންދެން އެމީހާ ޔަޢުޤޫބުގެފާނާއި ބަނޑުމުސާރައަށް ބައްދަމުން ދިޔައެވެ.


ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.


އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ނުބައި ފާފަތައް ކުރުވާ ހުރިހާ އެއްޗަކާއި ނުބައިކަންތައް ކުރާ އެންމެން އެއްތަންކޮށް އެކަލޭގެފާނުގެ ރަސްކަމުން ބޭރުކުރައްވާނެ.


”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”⁠ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.⁠“


އަދި އެކަލޭގެފާނުގެ މަލާއިކަތުން ތާޅަފިލި ފުމޭ ގަދަ އަޑެއް ފަދައިން ދުނިޔޭގެ ހަތަރުބިތަށް ފޮނުއްވާނެ. އަދި ދުނިޔޭގެ ހަތަރުބިތުންނާއި އުޑުގެ އެއްކޮޅުން އަނެއްކޮޅާހަމައަށް ވާ އެކަލޭގެފާނު ހޮއްވަވާފައިވާ މީހުން އެއްތަން ކުރައްވާނެ.⁠“


ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.


ދެން އިބިލީސް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އަދި މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ ދަތުރުފުޅު ފެއްޓެވި ހިނދު، ފިރިހެނަކު ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠ހެޔޮލަފާ އެދުރުކަލޭގެފާނު، ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭނީ ކޮން ކަމެއްތޯ؟⁠“


މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޟްރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް.


ޒަކަރިއްޔާ އިމާމެއްގެ ގޮތުން ކުރަން އައި ކަންތައްތަކުން ނިމިގެން އެނބުރި އޭނާގެ ރަށަށް ދިޔައެވެ.


އެއްދުވަހަކު މިލާޒަރު މަރުވެއްޖެ. ދެން މަލާއިކަތުން އޭނާގެ ފުރާނަ ސުވަރުގެއަށް އިބްރާހީމްގެފާނުގެ އަރިހަށް ގެންދެވި. މި މުއްސަނދި މީހާ ވެސް މަރުވި. އަދި އޭނާގެ ހަށިގަނޑު ވަޅުލެވުނު.


އެ ހިނދު އިތުރު އެތައް ބައިވަރު މަލާއިކަތުންނެއް އެބައިމީހުންގެ ކުރިމައްޗަށް ފާޅުވިއެވެ. ދެން އެމަލާއިކަތުން މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ޙަމްދު ކޮށް ސަނާ ކިޔެވެ.


މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތަކު އެބައިމީހުންގެ ކައިރިއަށް ފޮނުއްވިއެވެ. އެވަގުތު އެމީހުންގެ ވަށައިގެން މަތިވެރި މާތްރަސްކަލާނގެ ނޫރުފުޅު ވިދަން ފެށިއެވެ. އެބައިމީހުން މިތަން ދެކެ ވަރަށް ބޮޑަށް ބިރުގަތެވެ.


ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް މިޚަބަރު ލިބުމުން އެމީހުން ބަރުނައްބާސް އަންތީޔޮކުއަށް ފޮނުވިއެވެ.


ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ.


ދެން ކުއްލިއަކަށް ވިދުވަރެއް ފަދަ އައްޔެއް އެ ގޮޅި ތެރެއަށް އެޅިގެންދިޔައެވެ. އަދި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު އެތާނގައިވިއެވެ. އެމަލާއިކަތާ ޕަތަރަސް ހޭލެއްވުމަށް އޭނާ ގައިގައި ކޮއްޓާލާފައި ވިދާޅުވިއެވެ. ”⁠އަވަސް ކުރޭ ތެދުވޭ.⁠“ އެވަގުތު ޕަތަރަސްގެ އަތުގައިވާ ހިލިހިލާ ނެއްޓުނެވެ.


މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”⁠ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.⁠“


ދެން ކުއްލިއަކަށް ވަރަށް ގަދަ ބިންހެލުމެއް އަޔެވެ. އަދި ޖަލުގެ ހުރިހާ ދޮރެއް ހުޅުވިގެން ދިޔައެވެ. އަދި ޖަލުގައި ވީ އެންމެންގެ ހިލިހިލާތައް ނެއްޓިގެން ދިޔައެވެ.


އަހަރެން އީމާންވެ އަޅުކަން ކުރާ ކަލާނގެ ރޭގައި އެކަލާނގެ މަލާއިކަތަކު އަހަރެންގެ ގާތަށް ފޮނުއްވި.


ނަމަވެސް އެރޭ މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަޑައިގެން ޖަލުގެ ދޮރު ހުޅުއްވާ އެ މަންދޫބުން ޖަލުން ބޭރަށް ނެރުއްވިއެވެ. އަދި އެމަލާއިކަތާ އެ މަންދޫބުންނަށް ވިދާޅުވިއެވެ.


ވީމާ ކަލޭމެންނަކީ އީސާގެފާނުގެ ބަޔަކަށް ވާނަމަ ކަލޭމެން ތިޔައީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ކަލޭމެންނަކީ އެކަލޭގެފާނުގެ ތަރިކައިގެ މިލްކުވެރިންނެވެ. ވީމާ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅަކީ ކަލޭމެންނަށް ވެސް ކުރެއްވި ވަޢުދުފުޅެކެވެ.


އެހެން ކަމުން ކަލޭމެންނަށް ވެސް އެނގެންޖެހޭނެއެވެ. އިބްރާހީމްގެފާނުގެ އަސްލު ދަރިންނަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ މީހުންނެވެ.


މީގެ މާނައަކީ އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވުމުން ދެއްވި ފަދަ ރަޙުމަތެއް އަލްމަސީޙަށް އީމާންވި ކޮންމެ މީހަކަށް ވެސް ހަމަ ލިބޭނެ ކަމެވެ.


އަދި މި ހާމަކޮށްދެއްވާ ސިއްރަކީ އީސާ އަލްމަސީޙު ދެއްވި ދިންނެވުން ލިއްބައިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ބަނީއިސްރާއީލު ދަރިކޮޅަށް ވަޢުދުވެ ވޮޑިގެންނެވުމެވެ. އަދި މި ދެދަރިކޮޅުގެ އަހުލުވެރިން މަސީޙީ ޖަމާޢަތުގައި އެއް ހަށިގަނޑެއް ފަދައިން ލެއްވިއެވެ.


ތިޔަބައިމީހުން މާތްކަލާނގެއާ މެދު އޮންނަ އީމާންކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް ހުށަހަޅާ ޤުރުބާނީއާއި ޚިދުމަތް ފަދަ ކަމެކެވެ. އަހަރެންގެ ލޭ ވެސް އެޤުރުބާނީ އާއެކު ހުށަހަޅަން ޖެހިދާނެއެވެ. މިކަން މިމަގުން ހުރިނަމަވެސް އަހަރެންގެ ޙަޔާތުގެ އުފާތައް ތިޔަބައިމީހުންނާއިއެކުގައި ޙިއްސާ ކުރުމީ އަހަރެންނަށް ލިބޭ އުފަލެއްމެއެވެ.


މިވަގުތު އަހަންނަށް ހީވަނީ ތިޔަބައިމީހުންގެ ކައިރިއަށް އެފަފުރޮދިތު އަނބުރާ ފޮނުވަންވީ ހެންނެވެ. އޭނާއަކީ ޙަޤީޤީ އަޚެކެވެ. މަސައްކަތުގެ ބައިވެރިއެކެވެ. އަދި ހަނގުރާމަވެރި އެކުވެރިއެކެވެ. އެއީ އަހަންނަށް ބޭނުންވި ހިނދު ޚަބަރު ހިފައިގެންނާއި އެހީތެރިވުމަށް ތިޔަބައިމީހުން ފޮނުވި މުރާސިލު ވެސް މެއެވެ.


ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.


އަހަރެމެން ކުށްވެރި ނުވާކަމަށް އެކަލާނގެ އިޢުލާން ކުރެއްވި ސަބަބަކީ އެކަލާނގެ ނިޢުމަތްފުޅުގެ މަތިވެރި ކަމެވެ. އަދި މިހާރު އަހަރެމެން މި ވޭތުކުރާ ޙަޔާތަކީ ނިމުންނުވާ ޙަޔާތެއްކަން ޔަޤީންކަމާއެކު އެނގެއެވެ.


އިމާމުން ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް އެމީހުންގެ މަސައްކަތް ދުވަހުން ދުވަހަށް ކުރަމުން ދެއެވެ. އެކަމަކު އެމީހުން ޤުރުބާންކޮށް ތާއަބަދު އެތައް ފަހަރަކު އެކުރާހާ ޤުރުބާންތަކަކުން މީސްތަކުންގެ ފާފަތަކެއް ފޮހެވިގެންނެއް ނުދެއެވެ.


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


މިގޮތުގެ މަތިން އެކަލޭގެފާނު ފުރިހަމަވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވާ އެންމެހާ މީސްތަކުންނަށް ދާއިމީ ދިންނެވުން ދެއްވުމުގެ ވަސީލަތަކީ އެކަލޭގެފާނު ކަމުގައި ހަމަޖެހިގެން ދިޔައެވެ.


އޭރުން ކަލޭމެންނަކީ ރޫހާނީ ގޮތުން ކަންނެތް ބަޔަކަށް ނުވާނެއެވެ. އެއާ ޚިލާފަށް ކަލޭމެންގެ މިސާލު ޖެހޭނީ އެބައެއްގެ އީމާންތެރިކަމާއި އެކު ދެގޮތެއްނުވެ ދެމިތިބުމުގެ ސަބަބުން މާތްރަސްކަލާނގެ ވަޢުދުކުރެއްވި ތަރިކަ ލިބޭ މީހުންގެ މިސާލުންވެ.


އެކަލާނގެ މިފަދައިން ހުވާ ވަޙީކުރެއްވީ އެކަލާނގެ މީސްތަކުންނަށް ކުރެއްވި ވަޢުދުފުޅު އުވާނުލައްވާނެކަން އަދި އެކަލާނގެ އިރާދަފުޅު ބަދަލު ނުކުރައްވާނެކަން ވާރިސުންނަށް ޔަޤީންކޮށް ދެއްވުމަށެވެ.


އެކަމަކު މިހާރު އީސާގެފާނު ވަނީ މާމަތީ މަގާމަކަށް އުފުއްލެވި ފައެވެ. އެކަލޭގެފާނު މިހާރު މެދުވެރިވެ ވަޑައިގެން ގެނެސް ދެއްވަނީ މާ ފުރިހަމަ ޢަހުދުނާމާއެކެވެ. އެއީ މާ މަތިވެރި ވަޢުދުފުޅުތަކެއްގެ މަތީގައި ބިނާވެގެންވާ އަހުދުނާމާއެއް ވެސްމެއެވެ.


އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.


އެހެންވީމާ، މާތްރަސްކަލާނގެ، އެކަލާނގެ ދަރިންނަށްޓަކައި މަތިވެރިވެގެންވާ ތަރިކައެއްވަނީ ފަހަށް ރައްކާތެރި ކުރައްވާފައެވެ. އެތަރިކަ ތިޔަބައި މީހުންނަށްޓަކައި ތާހިރުކުރެވި އުނިކަމެއް އަދި ވީރާނާވުމެއް ނެތި ސުވަރުގޭގައި ވަނީ ރައްކާތެރި ކުރެވިފައިވެއެވެ.


ހަމަ މިގޮތުގެ މަތިން ފިރިން ވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށް ވެސް އެކަލާނގެވަނީ ދެއްވާފައެވެ. އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ.


އާދަމްގެފާނުގެ ފަހުން އައި ހަތްވަނަ ދަރިކޮޅުން ވަޑައިގެންނެވި އިދުރީސްގެފާނު އެމީހުންނާމެދު ވިދާޅުވި ޣައިބުގެ ބަސްފުޅުތައް ދެކެބަލާށެވެ. ”⁠މާތްސާހިބާ ވަޑައިގަންނަވާނީ އަދަދު ނުކުރެވޭހާ ގިނަ ހާސް މަލާއިކަތުންނާއި އެކުގައެވެ.


އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ