Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 9:7 - ކިތާބުލް މުޤައްދަސާ

7 ތިމަންކަލާނގެ ތިޔަބައިމީހުންނަށް ވަޙީކުރައްވަން: ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރު ކުރޭ. އަދި މުޅި ދުނިޔެ އާބާދު ކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 9:7
7 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!⁠“


އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


އަދި ތިބާއާއެކު ނަވުގައި ވީ އެންމެހާ ދޫނިސޫފާ ސުތްޕަކާއި، ޖަނަވާރުތަކާއި އެހެނިހެން ދިރޭތަކެތި ވެސް ނަވުން ބާލުއްވައި ދުނިޔޭގެ ތެރެއަށް ދޫކޮށްލައްވާ. އެއީ އެ ތަކެތި ގިނަވެ އިތުރު ވުމަށްޓަކައި.⁠“


މާތްކަލާނގެ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ރަޙުމަތް ލައްވައި މިފަދައިން ވަޙީކުރެއްވިއެވެ. ”⁠ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރަށް ދުނިޔެ ފުރާލާ.


މިއީ ނޫޙުގެފާނުގެ ތިންދަރިކަލުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަރިފަސްކޮޅު ފެތުރިގެން ގޮސްފައި ވަނީ މި ތިން ބޭކަލުންގެ ދަރިކޮޅުންނެވެ.


ދެން މާތްކަލާނގެ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ވަޙީކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ