Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 9:6 - ކިތާބުލް މުޤައްދަސާ

6 ތިމަންކަލާނގެ އިންސާނުން ހެއްދެވީ ތިމަންކަލާނގެ ސިފަފުޅުގައި. ވީއިރު ތިޔަބައިމީހުން އެކަކު އަނެކަކު މަރައިފިނަމަ އެމީހާ އެހެން މީހެއްގެ އަތުން މަރުވާން ޖެހޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 9:6
32 ပူးပေါင်းရင်းမြစ်များ  

މިއަދު އިނބަރަސްކަލާނގެ މިއަޅާ މި ބިމުން ތިޔަ ފޮނުއްވާލައްވަނީ. އަދި މިއަދުން ފެށިގެން މިއަޅާއަށް ޖެހޭނީ އިނބަރަސްކަލާނގެ ކިބަފުޅާ ދުރުގައި ފިލައިގެން އުޅެން. މިއަޅާ ވާނީ ލާހޫރޭ މީހަކުކަމުގައި. މިއަޅާ އެފަދަ ޙާލެއްގައި ވަނިކޮށް މީހަކަށް ފެނިއްޖެ ނަމަ އެމީހަކު މިއަޅާ މަރާ ވެސް ލާނެ.⁠“


ރައޫބައިން އޭނާގެ އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ތިޔަ އެންމެންގެ ކައިރީގައި އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނޭދެމުތަ؟ ނަމަވެސް ތިޔަ އެންމެން އަހަރެންގެ އަޑެއް ނޭހި. އަދި މިއަދު އަހަރެމެން އޭނާ މަރާލުމުން އެކަމުގެ އަގު އަދާ ކުރަންޖެހޭނެ.⁠“


މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ.


އެއަށް ވުރެން މާ ނުބައި ޚަބަރެއް ގެނައި ބަޔަކަށް އަހަރެން ދޭން އޮތީ ކޮން އިނާމެއްކަން ކަލޭމެންނަށް އެނގޭތަ؟ ކަލޭމެން ތިޔަ މަރާލީ ކުށެއްނެތް މީހަކު އޭނާގެ ގޭގައި ނިދާލާފައި އޮތްވާ. އޭނާގެ ލޭގެ ބަދަލުގައި އަހަންނަށް ޖެހޭނީ ކަލޭމެންގެ ވަސް ވެސް މި ދުނިޔޭން ފުހެލުމަށް.⁠“


ކަލޭމެން ޙައްޤަކާނުލައި މީހުން ނުމަރާތި.


މީހަކު މަރާލިމީހާ އެކޮންނަނީ އޭނާގެ އަމިއްލަ ކަށްވަޅެވެ. އޭނާއަށް ރައްކާތެރިކަން ދޭން ނޫޅޭށެވެ.


ނަމަވެސް އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިޔަ ކަނޑި ދުރައްލާ! ކަނޑީގެ ބޭނުންކުރާ މީހުން ކަނޑިން ގަތުލުވާނެ.


ނަމަވެސް އަހަރެމެންގެ ބައްޕާފުޅު ސާހިބުވަންތަ ރަސްކަލާނގެއަށް ޙަމްދު ތަޢުރީފު ކުރުމުގައި އަހަރެމެން ދުލުގެ ބޭނުން ކުރަމެވެ. އަދި މީސްތަކުންނަށް ބަދުދުޢާ ކުރުމުގައި ވެސް ހަމަ އަހަރެމެން އެ ދުލުގެ ބޭނުން ކުރަމުއެވެ. އެހެނަސް އިންސާނުންނަކީ މާތްރަސްކަލާނގެ ސިފަފުޅާއި އެއްފަދައިން ޚަލްޤުކުރެވިގެންވާ ބައެކެވެ.


އެއްވެސް މީހެއްގެ ތަޤުދީރުގައި ޙިސާރު ކުރެވިގެންވާނަމަ، އެ މީހަކު ޙިޟާރު ކުރެވިގެންދާނެ. އަދި ކަނޑިން ގަތުލު ކުރެވިގެންދާން ހުރިނަމަ، އެ މީހަކު ކަނޑިން ގަތުލު ކުރެވިގެންދާނެ. މި ހިނދު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއި އީމާންތެރިކަމުގައި ދެމި ތިބޭން ޖެހޭނެ.⁠“


އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެ ކަނޑިން އަންހެނުންގެ އަތުން ދަރިން އަތުލައިގަނެ މަރާލި ފަދައިން ކަލޭގެ މަންމަގެ ވެސް ދެނެއް ދަރިޔަކު ނުހުންނާނެ.⁠“ ދެން ޞަމޫއީލްގެފާނު ޖިލްޖާލުގެ ޤުރުބާނީ އަށީގެ ކުރިމަތީގައި އަޖާޖް ކުދިކޮށް ކޮށްޓަވައި ލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ