Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 9:4 - ކިތާބުލް މުޤައްދަސާ

4 ދިރޭއެއްޗެއް ކަތިލުމަށް ފަހު އޭގެ ލޭ ބޭރުވެ ހުސްވީމާ ނޫނީ ތިޔަބައިމީހުން އޭގެ މަސް ކައިގެން ނުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 9:4
15 ပူးပေါင်းရင်းမြစ်များ  

އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް.


އެހެން ކަމުން އަހަރެމެން އެންމެން އެއްބަސްވީ އަހަރެމެންގެ ތެރެއިން ވަކި ބަޔަކު ހޮވާ ތިޔަބައިމީހުންގެ ގާތަށް ފޮނުވުމަށޭވެ. އެމީހުން ދާނީ އަހަރެމެންގެ ލޮބުވެތި އެކުވެރިން ކަމުގައިވާ ޕައުލް އާއި ބަރުނައްބާސް އާއި އެކުގައެވެ.


ނަމަވެސް ތިޔަބައިމީހުން އެއްވެސް އެހެން ކަލާނގެއަކަށް ޤުރުބާން ކޮށް ހުށައެޅިފައި ވާ ކާއެއްޗެއް ކައިގެން ނުވާނެއެވެ. އަދި ތިޔަބައިމީހުން ޖަނަވާރެއްގެ ލޭ ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރުއަނބުރާ މަރާލެވިފައިވާ އެއްވެސް ޖަނަވާރެއްގެ މަސް ވެސް ކައިގެންނުވާނެއެވެ. އަދި ޖިންސީ ފާފައެއް ކޮށްގެން ނުވާނެއެވެ. މި ފަދައިން ތިޔަބައިމީހުން ކަން ކުރަނީނަމަ ތިޔަބައިމީހުންގެ ދިރިއުޅުން ރަނގަޅުވެ ރަޙުމަތްލެއްވޭނެއެވެ. ތިޔަ އެންމެންނަށް އަހަރެމެންގެ ފަރާތުން ހެޔޮއެދުން ފޮނުވަމެވެ.


އެހެންވީމާ، އެފަދަ ކާނާ މާތްރަސްކަލާނގެ އުފެއްދެވީ ހެޔޮ ގޮތުގައެވެ. އަދި އެތަކެއްޗާމެދު އަހަރެމެން ޝުކުރުވެރި ހިތަކުން ބަލައިގަނެފިނަމަ އެތަކެއްޗަކީ ކެއުމަށް ކަމުދާ ތަކެތި ކަމުގައި ވެއެވެ.


އިރުއޮއްސުމާއެކު އެމީހުން ބަޑުހައިގެންފައިވާ ވަރުން ފިލިސްޠީނުންގެ އަތުން އަތުލައިގަތް ގެރިބަކަރި ކަންބަޅި ކަތިލައި އޭގެ ލޭ ވެސް ފިލުވާނުލާ ކައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ