ފެށުން 9:26 - ކިތާބުލް މުޤައްދަސާ26 ދެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”ސާމުގެ ކަލާނގެ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ހުރި. ކަންޢާނުއަކީ ސާމުގެ އަޅަކު ކަމުގައި ލައްވާހުށި. အခန်းကိုကြည့်ပါ။ |
އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.“
އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”ދަރިފުޅުގެ މައްޗަށް ވެރިކަން ކުރުމުގެ ބާރު ޔަޢުޤޫބުއަށް އަހަރެން ދީފިން. އަދި އެކަލޭގެފާނުގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުންނަކީ އެކަލޭގެފާނުގެ ޚާދިމުން ކަމުގައި ވުމަށް ނިންމައިފިން. އަދި އެކަލޭގެފާނަށް ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ދެއްވުމަށް އެދި ދެންނެވިއްޖެ. މަގޭ ދަރިފުޅާ. ދަރިފުޅަށް ދިނުމަށް އިތުރު އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވޭ؟“