Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 9:23 - ކިތާބުލް މުޤައްދަސާ

23 ދެން ސާމު އާއި ޔާފަޘު ފޮތިގަނޑެއް ހިފައިގެން އެފޮތިގަނޑު އެމީހުންގެ ބުރަކަށިމަތީގައި ބާއްވައިގެން ފުރަގަހަށް އެނބުރި ތިބެ ގޮސް އޮރިޔާން ޙާލުކޮޅުގައި އޮންނެވި އެމީހުންގެ ބައްފާފުޅުގެ ގައިކޮޅުގައި އެޅުއްވިއެވެ. އޭރު އެމީހުންގެ މޫނުތައް ވަނީ އަނެއް ފަރާތަށެވެ. އެއީ އެމީހުންގެ ބައްޕާފުޅު އޮރިޔާން ޙާލުކޮޅުގައި އޮންނެވިތަން ބެލުމަށް ނޭދޭތީ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 9:23
11 ပူးပေါင်းရင်းမြစ်များ  

ކަންޢާނުގެ ބައްޕަ ޙާމުއަށް ނޫޙުގެފާނު އޮރިޔާން ޙާލުކޮޅުގައި އޮންނެވިތަން ފެނި ފޭލިގެކޮޅު ބޭރުގައި ތިބި އޭނާގެ ދެބޭބެއިން ކައިރީ އެވާހަކަ ބުނެފިވެ.


ނޫޙުގެފާނު މަސްތުކަމުން ހޭފުޅު ލެއްވުމުން އެކަލޭގެފާނުގެ ހަގު ދަރިފުޅު ޙާމާ އެކަލޭގެފާނާއި ދޭތެރޭ ކަންތައް ކުރި ގޮތް އެނގިވަޑައިގެން ވިދާޅުވިއެވެ.


ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ.


އުމުރުން ދުވަސްވީ އެއްވެސް ފިރިހެނަކާއި ހަރުކަށި ގޮތެއްގައި މުޚާތަބު ނުކުރާށެވެ. އޭގެ ބަދަލުގައި އެމީހަކަށް އިޙުތިރާމުކޮށް އިލްތިމާސް ކުރާށެވެ. އެއީ ތިބާގެ ބައްޕަ އާއި މުޚާތަބުކުރާ ފަދައިންނެވެ. އުމުރުން ހަގު ފިރިހެންކުދިންނާއި މުޚާތަބު ކުރާހިނދު އަޙުވަންތަ ކަމާއެކު މުޚާތަބު ކުރާށެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކު ފުރިހަމަ ގޮތުގައި އޭނާގެ މަސައްކަތް އަދާކުރާނަމަ އޭނާއަށް އެކަށީގެންވާ ހެޔޮ ބަދަލާއި ޝަރަފު ލިބިދޭން ވާނެއެވެ. ޚާއްސަ ގޮތެއްގައި ގަދައަޅާ މަސައްކަތްކުރާ މީހުންގެ ތެރެއިން ޚިތާބުކުރާ މީހުންނާއި އުނގަންނައިދޭ ފަރާތްތަކަށެވެ.


މިފަދަ ބޮޑުންގެ މީހަކާއި ދެކޮޅަށް ދަޢުވާ އުފުލުނު ކަމުގައިވިޔަސް ދެމީހެއްގެ ނުވަތަ ތިން މީހެއްގެ ހެކިބަސް ލިބިގެން މެނުވީ އެފަދަ ބޮޑުންގެ މީހަކާއިމެދު ތުހުމަތު ކުރެވިގެން ނުވާނެއެވެ.


އެންމެހައި މީސްތަކުންނަށް އިޙްތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ ހުރިހާ އެންމެންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ.


ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ