Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 9:22 - ކިތާބުލް މުޤައްދަސާ

22 ކަންޢާނުގެ ބައްޕަ ޙާމުއަށް ނޫޙުގެފާނު އޮރިޔާން ޙާލުކޮޅުގައި އޮންނެވިތަން ފެނި ފޭލިގެކޮޅު ބޭރުގައި ތިބި އޭނާގެ ދެބޭބެއިން ކައިރީ އެވާހަކަ ބުނެފިވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 9:22
17 ပူးပေါင်းရင်းမြစ်များ  

ޙާމުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ކޫޝް އާއި، މިޞްރާއިމް، ފޫޠު އާއި، ކަންޢާނު އެވެ.


ދެން ސާމު އާއި ޔާފަޘު ފޮތިގަނޑެއް ހިފައިގެން އެފޮތިގަނޑު އެމީހުންގެ ބުރަކަށިމަތީގައި ބާއްވައިގެން ފުރަގަހަށް އެނބުރި ތިބެ ގޮސް އޮރިޔާން ޙާލުކޮޅުގައި އޮންނެވި އެމީހުންގެ ބައްފާފުޅުގެ ގައިކޮޅުގައި އެޅުއްވިއެވެ. އޭރު އެމީހުންގެ މޫނުތައް ވަނީ އަނެއް ފަރާތަށެވެ. އެއީ އެމީހުންގެ ބައްޕާފުޅު އޮރިޔާން ޙާލުކޮޅުގައި އޮންނެވިތަން ބެލުމަށް ނޭދޭތީ އެވެ.


”⁠ކަންޢާނުގެ މައްޗަށް މާތްކަލާނގެ ކޯފާ ލައްވާހުށި. އޭނާއަކީ އޭނާގެ ބައްޕަގެ ބޭބެއިންގެ އަޅުންގެ ތެރެއިން އެންމެ ދަށް އަޅު ކަމުގައި ވާހުށި.⁠“


އަވަށްޓެރިޔާއާ ދެބަސްވުމެއް ހިނގާއިރު އޭނާގެ ސިއްރުތައް އެހެން މީހުންނަށް ނާންގައި ހައްލު ކުރާށެވެ.


ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.


”⁠ތިބާގެ އަޚާ ތިބާއާއި ދެކޮޅަށް ކުށެއް ކޮށްފިނަމަ، އޭނާ އެކަހެރިކޮށް އޭނާއަށް އެކަން ވިސްނައިދީ. އޭނާ ތިބާގެ ބަސް އަޑު އަހައިފިނަމަ، ތިބާ އޭނާއަށް އެ އެހީތެރިވެދިނީ ޙަޤީޤީ އަޚުވަންތަކަމާއި އަދި އުޚުއްވަތްތެރިކަމާއި އެކުގައި.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ