Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 9:21 - ކިތާބުލް މުޤައްދަސާ

21 އެއްދުވަހަކު މޭބިސްކަދުރުގެ ދިޔަ ހުތްކޮށްގެން ހެއްދެވި ބުއިން ހިއްޕެވި ތަނާ އެކަލޭގެފާނު މަސްތުވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ފޭލިގެކޮޅު ތެރެއަށް ވެއްޓިވަޑައިގެން އޮރިޔާން ޙާލުކޮޅުގައި އަވަހާރަފުޅު ލެއްޕެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 9:21
13 ပူးပေါင်းရင်းမြစ်များ  

މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.


ނޫޙުގެފާނު ދަނޑުވެރިކަން ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މޭބިސްކަދުރު ދަނޑެއް ހެއްދެވިއެވެ.


ރަލަކީ މީހާ އަޑުގަދަ މޮޔަ އަކަށް ހަދާލާ އެއްޗެކެވެ. ރަލުގެ އަވާގައި ޖެހޭ މީހުންނީ ބުއްދިވެރިންނަކަށް ނުވާނެއެވެ. އެމީހުންގެ ކިބައިން ފެށޭނީ އަރައިރުމެކެވެ.


އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެން ވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.


އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހެޔޮވިސްނައި، އިއްޒަތާއި ޤަދަރު ލިބިތިބެ، އުމުރުން ދުވަސްވީ މީހުންނަށް އެކަންތައް ދަސްކޮށްދީ ބުނެދޭށެވެ. އެއީ އެމީހުންނަށް އީމާންތެރިކަމާއި ލޯތްބާއި ކެތްތެރިކަމާއެކު އުޅެމުން ދެވޭނެ ގޮތްވުމަށެވެ.


އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ