ފެށުން 9:16 - ކިތާބުލް މުޤައްދަސާ16 ކޮންމެ ފަހަރަކު ވެސް އެވިއްސާރަދުނި ފާހަގަކުރައްވައި، ތިމަންކަލާނގެއާއި ދިރިހުރި ހުރިހާ ތަކެއްޗާއި ދެމެދުގައި މިކުރެއްވުނު ނިމުމެއް ނުވާ ޢަހުދުނާމާގެ މަތިން ހަނދުމަފުޅު ކުރައްވާނަން. အခန်းကိုကြည့်ပါ။ |
އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.
މާތްކަލާނގެ އަހަރެންގެ އާއިލާ އިޚުތިޔާރު ކުރެއްވިއެވެ. އެކަލާނގެ އަހަރެންނާމެދު ދާއިމީ ޢަހުދެއް ކަށަވަރު ކުރެއްވިއެވެ. އެކަލާނގެ އެކުރެއްވި މުއާހިދާއިން ދެއްވާފައިވާ ޔަޤީންކަން ހުރިހާ ދިމާއަކުން ހެޔޮކަން ބޮޑުވެފައި ރައްކާތެރިއެވެ. އެހެން ކަމުން އަހަންނަށް ކޮންމެ ކަމެއްގައި ފަތަޙަ ލިބޭނެކަން ޔަޤީން ވެފައިވެއެވެ. އަހަރެން އެދި ދަންނަވާ ކޮންމެ ކަމެއް އެކަލާނގެ ކޮށް ދެއްވާފައިވެއެވެ.