8 ދެން އެކަލޭގެފާނު ހުދުކޮތަރެއް ނަންގަވާފައި ދޫކޮށްލެއްވިއެވެ. އެއީ ވެސް ދުނިޔޭގެ ބިންގަނޑުން ފެން ހިކުނުތޯ ބައްލަވާށެވެ.
ނަމަވެސް ދުނިޔޭގެ ބިން އަދިވެސް ވަނީ ފެނުގެއަޑީގައި ކަމުން އެ ހުދުކޮތަރު ފައިޖައްސާލާނޭ ހިކިތަނެއް ނުލިބުމުން އެނބުރި ނޫޙުގެފާނުގެ އަރިހަށް އައެވެ. ދެން ނޫޙުގެފާނު އަތްޕުޅު ދިއްކުރައްވާ އޭތި ހިއްޕަވާ އަނެއްކާވެސް ނަވަށް އެރުއްވިއެވެ.
”އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.