ފެށުން 8:21 - ކިތާބުލް މުޤައްދަސާ21 އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން. အခန်းကိုကြည့်ပါ။ |
ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އުފެއްދެވި އިންސާނުން މިދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އިންސާނުންނާއި ޖަނަވާރުންނާއި ބިމުގައި ދިރިއުޅޭ ހުރިހާ އެއްޗަކާއި ޖައްވުގައި އުދުހޭ ދޫނިތަކާ ހުރިހާ އެއްޗެއް ދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އެއީ އެތަކެތި ހެއްދެވުނު ކަމުގެ މައްޗަށް މިހާރު ތިމަންކަލާނގެ ހިތާމަ ކުރައްވަން ޖެހުނީތީ.“
އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
އެއާއެކު، ތިޔަބައިމީހުން ފޮނުވި ހުރިހާ ތަކެއްޗެއް އަހަރެންނަށް ލިބިއްޖެއެވެ. އަދި މިތަކެތި ފުދޭވަރަށް ވުރެން ވެސް އިތުރު ކަމުގައި ބުނަމެވެ. ތިޔަބައިމީހުން ފޮނުވި ތަކެތި އެފަފުރޮދިތު އަހަރެންނަށް ގެނެސް ދިނެވެ. އެތަކެތި ވަނީ މާތްރަސްކަލާނގެއަށް ވެދުން ކުރެވޭ ހުނވަދު ފަދައިންނެވެ. ނޫނީ އެތަކެއްޗަކީ މާތްރަސްކަލާނގެއަށް ޤުރުބާން ކުރެވޭ ތަކެތީގެ ތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ތަކެއްޗެވެ.
އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘