ފެށުން 8:20 - ކިތާބުލް މުޤައްދަސާ20 ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިބާއަށް ތިމަންކަލާނގެ ވަޢުދުކުރެއްވި ތިބާގެ އެންމެ ލޯބިވާ ހަމައެކަނި ދަރިފުޅު އިސްޙާޤު ތިބާއާ އެކުގައި މޫރިއްޔާ ސަރަހައްދަށް ގެންދޭ. އެތަނުގައިވާ ފަރުބަދަތަކުން ފަރުބަދައެއްގެ މަތީގައި ތިމަންކަލާނގެއަށް ހުށަހެޅޭ ޤުރުބާނެއްގެ ގޮތުގައި އެދަރިފުޅު އަންދާލާ. އެއީ ކޮން ފަރުބަދައެއްކަން ތިމަންކަލާނގެ އަންގަވާނަން.“
އަދި މާތްކަލާނގެ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ.
މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.“
އެތަނުގައި މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”ބައިތުއީލްގެ މާތްކަލާނގެ“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.
އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.