10 ނޫޙުގެފާނު ކުރިއެކޭ އެއްފަދައިން ހަތްދުވަސް ވަންދެން މަޑުކުރެއްވުމަށް ފަހު އަނެއްކާ ވެސް އެހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ.
ދެން ހަތްވަނަ ދުވަސް ނިމުމާއި އެކު ފެނުގެ ތޫފާން ދުނިޔެއަށް ކުރިމަތިކުރެއްވިއެވެ.
މިއަދުން ފެށިގެން ހަތްވަނައަށް ވާ ދުވަހު ތިމަންކަލާނގެ ދުނިޔެއަށް ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ވާރޭ ފޮނުއްވާނަން. އަދި ތިމަންކަލާނގެ އުފެއްދެވި ދިރުންހުރި ހުރިހާ އެއްޗެއް ދުނިޔެއިން މުޅިން ފޮހެލައްވާނަން.“
އެދުވަހުގެ އިރުއޮއްސުނުއިރު އެ ހުދުކޮތަރު އެކަލޭގެފާނުގެ އަރިހަށް އައިއިރު އޭގެ ތުނބުގައި ޒައިތޫނި ގަހެއްގެ ތާޒާ ފަތެއް އޮތެވެ. އަދި ޙައިރާންކަމާއެކު އެ ފަތާ މެދު ބައްލަވާލެއްވުމުން ދުނިޔޭގެ ބިންގަނޑު ހާމަވާ ވަރަށް ފެންގަނޑު ހިކިއްޖެކަން ނޫޙުގެފާނަށް އެނގިވަޑައިގެންނެވިއެވެ.
މިއަށް ފަހު ހަތް ދުވަހު މަޑުކުރެއްވުމަށް ފަހު ނޫޙުގެފާނު އަނެއްކާވެސް އެ ހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ. މިފަހަރު އެ ކޮތަރު އެނބުރި އެކަލޭގެފާނުގެ އަރިހަކަށް ނައެވެ.
ނަމަވެސް ދުނިޔޭގެ ބިން އަދިވެސް ވަނީ ފެނުގެއަޑީގައި ކަމުން އެ ހުދުކޮތަރު ފައިޖައްސާލާނޭ ހިކިތަނެއް ނުލިބުމުން އެނބުރި ނޫޙުގެފާނުގެ އަރިހަށް އައެވެ. ދެން ނޫޙުގެފާނު އަތްޕުޅު ދިއްކުރައްވާ އޭތި ހިއްޕަވާ އަނެއްކާވެސް ނަވަށް އެރުއްވިއެވެ.