ފެށުން 7:4 - ކިތާބުލް މުޤައްދަސާ4 މިއަދުން ފެށިގެން ހަތްވަނައަށް ވާ ދުވަހު ތިމަންކަލާނގެ ދުނިޔެއަށް ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ވާރޭ ފޮނުއްވާނަން. އަދި ތިމަންކަލާނގެ އުފެއްދެވި ދިރުންހުރި ހުރިހާ އެއްޗެއް ދުނިޔެއިން މުޅިން ފޮހެލައްވާނަން.“ အခန်းကိုကြည့်ပါ။ |
ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އުފެއްދެވި އިންސާނުން މިދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އިންސާނުންނާއި ޖަނަވާރުންނާއި ބިމުގައި ދިރިއުޅޭ ހުރިހާ އެއްޗަކާއި ޖައްވުގައި އުދުހޭ ދޫނިތަކާ ހުރިހާ އެއްޗެއް ދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އެއީ އެތަކެތި ހެއްދެވުނު ކަމުގެ މައްޗަށް މިހާރު ތިމަންކަލާނގެ ހިތާމަ ކުރައްވަން ޖެހުނީތީ.“