18 އަދި މުޅި ބިމުގައި ފެންގަނޑު ބޮޑުވެ ފެތުރެމުން ދިޔައެވެ. ނަމަވެސް ނައުކޮޅު ފެންމަތީގައި އޮތެވެ.
އެއަށް ފަހު ސާޅީސް ދުވަސް ވަންދެން ދުނިޔެއަށް ވާރޭ ވެހެމުން ދިޔައެވެ. ފެންގަނޑު ބޮޑުވަމުން ދިޔަ ވަރަކަށް އެނައުކޮޅު ބިމުން މައްޗަށް އުފުލެމުން ދިޔައެވެ.
ފެންގަނޑު ދުނިޔޭގައި ދުވަހެއް ދުވަހަކަށް ބޮޑުވަމުން އިތުރުވަމުން ދިޔައެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ވެސް ފެންގަނޑުގެ އަޑިއަށް ދިޔައެވެ.
ކަނޑުގެ ލޮނުގަނޑު އައިސް އަސްވާރުންނާއި އަސްގާޑިޔާތަކާއި ފިރުޢައުނުގެ ލަޝްކަރު އެއްކޮށް ގަންބާލިއެވެ. އިސްރާއީލީން ފަހައި އައި މިޞްރުގެ އެންމެން ޣަރަގުވެ ހިނގައްޖެއެވެ. އޭގެ އެކަކު ވެސް ސަލާމަތެއް ނުވެއެވެ.