17 އެއަށް ފަހު ސާޅީސް ދުވަސް ވަންދެން ދުނިޔެއަށް ވާރޭ ވެހެމުން ދިޔައެވެ. ފެންގަނޑު ބޮޑުވަމުން ދިޔަ ވަރަކަށް އެނައުކޮޅު ބިމުން މައްޗަށް އުފުލެމުން ދިޔައެވެ.
އަދި ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ދުނިޔެއަށް މެދުކެނޑުމެއްނެތި ވާރޭ ވެހުނެވެ.
މާތްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ހުރިހާ ވައްތަރެއްގެ އަންހެން ތަކެއްޗާއި ފިރިހެން ތަކެތި ނައުކޮޅަށް އެރިއެވެ. ދެން މާތްރަސްކަލާނގެ އެނައުކޮޅުގެ ދޮރުލެއްޕެވިއެވެ.
އަދި މުޅި ބިމުގައި ފެންގަނޑު ބޮޑުވެ ފެތުރެމުން ދިޔައެވެ. ނަމަވެސް ނައުކޮޅު ފެންމަތީގައި އޮތެވެ.
މިއަދުން ފެށިގެން ހަތްވަނައަށް ވާ ދުވަހު ތިމަންކަލާނގެ ދުނިޔެއަށް ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ވާރޭ ފޮނުއްވާނަން. އަދި ތިމަންކަލާނގެ އުފެއްދެވި ދިރުންހުރި ހުރިހާ އެއްޗެއް ދުނިޔެއިން މުޅިން ފޮހެލައްވާނަން.“