Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 7:11 - ކިތާބުލް މުޤައްދަސާ

11 ނޫޙުގެފާނުގެ އުމުރުފުޅުން ހަސަތޭކަ އަހަރުގެ ދެވަނަ މަހުގެ ސަތާރަވަނަ ދުވަހު ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ފަޅަފަޅައިގެން ދިޔައެވެ. އަދި އުޑުގައި ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ހުޅުވިގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 7:11
27 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ އެ ހުސްތަން އުފައްދަވައި އެ ހުސްތަނުގެ ތިރީގައި ހުރި ފެނާއި މަތީގައި ހުރި ފެން ވަކިކުރެއްވިއެވެ. އެކަން އެ ގޮތަށް ހިނގައިފިއެވެ.


”⁠ތިމަންކަލާނގެ މުޅި ދުނިޔެ ފެންބޮޑުވާ ވަރަށް ދުނިޔެއަށް ފެން ފޮނުއްވާނަން. އޭގެ ސަބަބުން އުޑުދަށުގައިވާ ހުރިހާ އެއްޗެއް ނެތިގެންދާނެ. ދުނިޔޭގައި ދިރިހުރުމުގެ ނޭވާލާ ހުރިހާތަކެއްޗެއް ތިމަންކަލާނގެ ނެތިކޮށްލައްވާނަން.


ދުނިޔެއަށް ފެނުގެ ތޫފާން މާތްރަސްކަލާނގެ ފޮނުއްވީ ނޫޙުގެފާނުގެ އުމުރުފުޅުން ހަ ސަތޭކަ ވަނަ އަހަރުގައެވެ.


އަދި ދެވަނަ މަހުގެ ހަތާވީސް ވަނަ ދުވަހު ދުނިޔޭގެ ބިންގަނޑު މުޅިން ހިކި ނިމިއްޖެއެވެ.


ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ބެދި އަދި އުޑުގައި ހުޅުވިގެންވީ ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ބަންދުވިއެވެ. އަދި ވާރޭ ވެހުން ވެސް މުޅިން ހުއްޓުނެވެ.


ކަނޑުތައް ފަތުރުއްވައި ވިލާތައް އުދުއްސަވައި ފެން ވެއްސަވަނީ އެމަތިވެރި އިލްމުފުޅުންނެވެ.


ނޫޙުގެފާނު ނައުކޮޅަށް އަރާ ވަޑައިގަންނަވާންދެން މީސްތަކުން ކައިބޮއި، މީހުންނާއި އިނދެ އަދި އެބައިމީހުންގެ ދަރިން ކައިވެނިކުރުވާ ހެދި.


އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.


އެއަށް ފަހު މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް މެދުވެރި ކުރައްވާ ނެތި ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ