10 ދެން ހަތްވަނަ ދުވަސް ނިމުމާއި އެކު ފެނުގެ ތޫފާން ދުނިޔެއަށް ކުރިމަތިކުރެއްވިއެވެ.
”ތިމަންކަލާނގެ މުޅި ދުނިޔެ ފެންބޮޑުވާ ވަރަށް ދުނިޔެއަށް ފެން ފޮނުއްވާނަން. އޭގެ ސަބަބުން އުޑުދަށުގައިވާ ހުރިހާ އެއްޗެއް ނެތިގެންދާނެ. ދުނިޔޭގައި ދިރިހުރުމުގެ ނޭވާލާ ހުރިހާތަކެއްޗެއް ތިމަންކަލާނގެ ނެތިކޮށްލައްވާނަން.
މިއަދުން ފެށިގެން ހަތްވަނައަށް ވާ ދުވަހު ތިމަންކަލާނގެ ދުނިޔެއަށް ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ވާރޭ ފޮނުއްވާނަން. އަދި ތިމަންކަލާނގެ އުފެއްދެވި ދިރުންހުރި ހުރިހާ އެއްޗެއް ދުނިޔެއިން މުޅިން ފޮހެލައްވާނަން.“
ނޫޙުގެފާނު އެކަލޭގެފާނުގެ ނައުކޮޅަށް އަރާވަޑައިގަތް. ނަމަވެސް ފެންބޮޑުވެ އެންމެން ނެތިވެ ދަންދެން މީސްތަކުން މީހުންނާއި އިނދެ ކައިބޮއި މަޖާކޮށް އުޅުނު.