ފެށުން 7:1 - ކިތާބުލް މުޤައްދަސާ1 ދެން މާތްރަސްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”ތިބާއާއި ތިބާގެ އާއިލާ ނަވަށް އަރާ. އެއީ ތިމަންކަލާނގެ މިޒަމާނުގެ މީހުންގެ ތެރެއިން ރުހިވޮޑިގެންވާ މީހަކީ ހަމައެކަނި ތިބާ ކަމުގައި ދެކެވޮޑިގެންވާތީ. အခန်းကိုကြည့်ပါ။ |
މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.
ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.