ފެށުން 6:7 - ކިތާބުލް މުޤައްދަސާ7 ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އުފެއްދެވި އިންސާނުން މިދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އިންސާނުންނާއި ޖަނަވާރުންނާއި ބިމުގައި ދިރިއުޅޭ ހުރިހާ އެއްޗަކާއި ޖައްވުގައި އުދުހޭ ދޫނިތަކާ ހުރިހާ އެއްޗެއް ދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އެއީ އެތަކެތި ހެއްދެވުނު ކަމުގެ މައްޗަށް މިހާރު ތިމަންކަލާނގެ ހިތާމަ ކުރައްވަން ޖެހުނީތީ.“ အခန်းကိုကြည့်ပါ။ |
އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.