Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 6:5 - ކިތާބުލް މުޤައްދަސާ

5 އިންސާނުންގެ ނުބައިކަމުގެ ބޮޑުކަން ދުނިޔޭގައިވާ މިންވަރު މާތްރަސްކަލާނގެ ދެކެވޮޑިގެންވިއެވެ. އެމީހުންގެ ހިތުގައި އަބަދުވެސް އުފެދެނީ ނުބައިނުލަފާ ޚިޔާލުތައް ކަން އެކަލާނގެ ދެނެވޮޑިގެންވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 6:5
24 ပူးပေါင်းရင်းမြစ်များ  

އެރަށުގެ މީހުންނަކީ މާތްރަސްކަލާނގެ މަނާކުރައްވާފައިވާ ނުބައި ނުލަފާ ކަންތައްކުރާ ނުބައި ބަޔެކެވެ.


އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.


ނުބައިކަންތައް ރާވާ ހިތްތަކާއި ވިޔާނުދާ ކަންތައް ކުރަން ހަލުއިކޮށް ހިނގާ ފައިތަކެވެ.


އެއީ ތިމާގެ ވިސްނުމުގައިވާ ނުބައި ޚިޔާލުތަކާއި، މީހުން މެރުމާއި، ޒިނޭ ކުރުމާއި، ޖިންސީ ފާފަވެރިކަމާއި، ވައްކަންކުރުމާއި، ދޮގު ހެދުމާއި، އަދި ބަދުނާމުކުރުން.


އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާއިރު ކަންތައްތައް ހިނގައިދާނީ ނޫޙުގެފާނުގެ ޒަމާނުގައި ކަންތައްތައް ހިނގައި ދިޔަ ފަދައިން.


ނޫޙުގެފާނުގެ ދުވަސްވަރު ކަންތައްތައް ވީ ފަދައިން އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަންނަވާ ދުވަހު ވެސް ކަންތައްތަކެއް ފެންނާނެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ